ވޯޓްލުން ކުރިއަށް ދާއިރު، އިހުސާސް ކުރެވޭ ހޫނުމިން މަތި

ވޯޓް ލުން ކުރިއަށްދާއިރު ވޯޓްލާ މަރުކަޒުތައް ކައިރީ ގިނަ ބަޔަކު ދަނީ ހަރަކާތްތެރިވަމުންނެވެ. މިގޮތަށް އެއްތަނަކަށް ޖަމާވެ ތިބޭއިރު ވެސް ހޫނުކަން އިހުސާސް ކުރެވޭ މިންވަރު ބޮޑުވެ އެވެ.

ވޯޓްލާ މަރުކަޒެއް ކައިރީ ދެ މީހަކު: މިއަދު އިހުސާސް ކުރެވޭ ހޫނުމިން ހުރީ 44 ޑިގްރީން މަތީގައި --

ރައްޔިތުންގެ މަޖިލީސް އިންތިހާބު މުޅި ރާއްޖޭގައި ކުރިއަށްދާއިރު، މިއަދު އިހުސާސް ކުރެވޭ ހޫނުމިން 44 ޑިގްރީން މަތީގައި ހުރި ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެފި އެވެ.


ރާއްޖެ ސަރަހައްދަށް އެންމެ ހޫނު ގަދަ ވަނީ މާޗް އަދި އޭޕްރީލް މަހު އެވެ. މިދުވަސްވަރު ހޫނު ވަނީ ވިލާ މަދުވުމާއި ވައި މަޑުވުން އަދި ވައިގެ ތެތްކަން މަތިކޮށް ހިފެހެއްޓިފައި ހުރުމުގެ ސަބަބުން ވައިގެ ހޫނުމިނަށްވުރެ އިހްސާސް ކުރެވޭ ހޫނުމިން މަތިވުމުންނެވެ.

މެޓް އޮފީހުން މިއަދު އާންމު ކުރި ގޮތުގައި މިއަދުގެ 11:00 ގައި މާލެ ސަރަހައްދުގައި އިހުސާސް ކުރެވޭ ހޫނުމިން ހުރީ 44.2 ޑިގްރީގަ އެވެ. ހަނިމާދޫގައި ހޫނުމިން ހުރީ 43.7 ޑިގްރީގަ އެވެ. ކާޑެއްދޫގެ ހޫނުމިން 31.6 ޑިގްރީގައި ހުރިއިރު ކައްދޫގައި ހޫނުމިން ހުރީ 31.9 ޑިގްރީގަ އެވެ. އައްޑޫ ސަރަހައްދުގައި ހޫނުމިން ހުރީ 41.1 ޑިގްރީގަ އެވެ.

ނަމަވެސް، މި ދުވަސްވަރު ރާއްޖޭގެ އަސްލު ހޫނުމިން ހުރީ 31 ޑިގްރީ ސެލްސިއަސް އާއި 33 ޑިގްރީ ސެލްސިއަސްއާ ދެމެދުގަ އެވެ.

"އިހުސާސް ކުރެވޭ ފިނިހޫނުމިން ބިނާވަނީ އެސަރަހައްދެއްގެ އަސްލު ފިނިހޫނުމިނާއި ވައިގެ ތެތްކަމުގެ އެވަރެޖް ނިސްބަތަށް،" މެޓުން ބުންޏެވެ.

އިހުސާސް ކުރެވޭ ހޫނުމިން މައްޗަށް ގޮސްފައިވާއިރު، މިއަދު ހެނދުނު 8:00 އިން ފެށިގެން ރާއްޖޭގައި ވޯތުލުން ދަނީ ކުރިއަށެވެ. ހޫނު ގަދަ ވުމުގެ ސަބަބުންނާއި އަދި ވިއްސާރަކޮށްފާނެ ކަމަށް ލަފާކޮށް ވޯޓްލުން ނިމޭ ވަގުތު ވަނީ ހަވީރު 5:30 އަށް އިތުރުކޮށްފަ އެވެ.

ވޯޓް ލުން ކުރިއަށްދާއިރު ވޯޓްލާ މަރުކަޒުތައް ކައިރީ ގިނަ ބަޔަކު ދަނީ ހަރަކާތްތެރި ވަމުންނެވެ. މިގޮތަށް އެއްތަނަކަށް ޖަމާވެ ތިބޭއިރު ވެސް ހޫނުކަން އިހުސާސް ކުރެވޭ މިންވަރު ބޮޑުވެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.