ޓޫރިޒަމް ބިމުކުލި ދެއްކި އަދަދު 80 ޕަސެންޓް އިތުރު ވެއްޖެ

މި އަހަރުގެ މިހާތަނަށް 488 މިލިއަން ރުފިޔާ ވަނީ ޓޫރިޒަމް ބިމު ކުލީގެ ގޮތުގައި ދައުލަތަށް ލިބިފަ އެވެ.

ރާއްޖޭގެ އިތާފުށި ރިސޯޓް: ޓޫރިޒަމުން ވަނީ ބޮޑު އާމްދަނީއެއް ދައުލަތަށް ދައްކާފަ

ޓޫރިޒަމަށް ދޫކޮށްފައިވާ ތަންތަނުން ބިމުކުލި ދެއްކި އަދަދު މިދިޔަ އަހަރަށްވުގެ ގާތްގަނޑަކަށް 80 ޕަސެންޓުގެ އިތުރުވުމެއް އަތުވެއްޖެ އެވެ. 

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ހިސާބުތައް ދައްކާ ގޮތުގައި މި އަހަރުގެ މާރިޗު މަހުގެ ނިޔަލަށް ޓޫރިޒަމް ބިމު ކުލީގެ ގޮތުގައި 488 މިލިއަން ރުފިޔާ ވަނީ ދައްކާފަ އެވެ. ނަމަވެސް މިދިޔަ އަހަރު މި އަދަދު ހުރީ 406 މިލިއަން ރުފިޔާގަ އެވެ. އެހެންކަމުން މިއީ މިދިޔަ އަހަރަށްވުރެ ގާތްގަނޑަކަށް 80 ވަރަކަށް ޕަސެންޓުގެ އިތުރުވުމެކެވެ. 

ހިސާބުތައް ދައްކާ ގޮތުގައި ޓޫރިޒަމް ބިމު ކުއްޔަށް ބޮޑު އިތުރުވުމެއް އައިސްފައިވަނީ މިދިޔަ މަހު ބޮޑު އަދަދެއް ދެއްކުމުންނެވެ. މިދިޔަ މަހު 370 މިލިއަން ރުފިޔާ ވަނީ ބިމު ކުލީގެ ގޮތުގައި ދައްކާފަ އެވެ. މިދިޔަ އަހަރު މި އަދަދު އުޅުނީ 305 މިލިއަން ރުފިޔާގަ އެވެ. 

ރާއްޖޭގައި 170 އަށްވުރެ ގިނަ ރިސޯޓާއި 800 އަށްވުރެ ގިނަ ގެސްޓްހައުސް އަދި ހޮޓާ އެބަހުއްޓެވެ. އަދި ރާއްޖޭގައި ހުރި ޓޫރިސްޓު އެނދުގެ އަދަދު ވަނީ  62.000 އަށްވުރެ އިތުރުވެފަ އެވެ. މި އަދަދަށް ޓޫރިސްޓު ފެސިލިޓީ ހުރިނަމަވެސް ރާއްޖޭގެ މަޝްހޫރު ބައެއް ވިޔަފާރިތަކުން ޓޫރިޒަމަށް ދައްކަން ޖެހޭ ޓެކްސް ނުދައްކާ އޮވެ އެވެ. މީރާއިން މިދިޔަ އަހަރު ވަނީ މިގޮތަށް ޓެކްސް ނުދައްކާ ކުންފުނިތަކުން ލިސްޓެއް ނެރެފަ އެވެ. މި ލިސްޓުގައި ހިމެނޭ ފަރާތްތަކުން ލިސްޓު ނެރުނު ނަމަވެސް ދައުލަތަށް ފައިސާ ދައްކަމުން ނުދެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.