ސިފައިންގެ ދުވަހުގެ ރަސްމިއްޔާތު ބާއްވައިފި

ސިފައިންގެ ހިދުމަތް ރާއްޖޭގައި ފެށީ އެޕްރީލް 21، 1892 އިގަ އެވެ. ސިފައިންގެ ދުވަހުގެ ގޮތުގައި ފާހަގަ ކުރަނީ ކޮންމެ އަހަރެއްގެ އެޕްރީލް މަހުގެ 21 ވަނަ ދުވަހެވެ.

ގައުމީ ދިފާއީ ބާރުގެ 132 ވަނަ ސިފައިންގެ ދުވަހުގެ މުނާސަބަތުގައި ދިވެހި ދިދައަށް އިހުތިރާމު ކުރަން ހާއްސަ ރަސްމިއްޔާތެއް މިއަދު ބާއްވައިފި އެވެ.

މިއަދު ހެނދުނު 6:00 ޖެހި އިރު ސިފައިންގެ ކަޅުތުއްކަލާކޮށީގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫނެވެ. އެ ރަސްމިއްޔާތުގައި މިނިސްޓަރު ޣައްސާން ވަނީ ސިފައިންގެ 132 ވަނަ އަހަރު ބޭނުންކުރާނެ ޝިޢާރު، "ގައުމުގެ މިނިވަންކަން – ސިފައިންގެ ސާބިތުކަން" ހާމަ ކޮށްދެއްވައި ސިފައިންގެ މަޖައްލާ "އައްޑަނަ" އިގެ 34 ވަނަ އަދަދު ނެރެއްދެއްވާފަ އެވެ.

މިއަދު އޮތް އެ ރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯސް، މޭޖާ ޖެނެރަލް އިބްރާހީމް ހިލްމީ އާއި، ސިފައިންގެ ޖެނެރަލް އޮފިސަރުންނާއި، އޮފިސަރުންނާއި، ވޮރަންޓް އޮފިސަރުންގެ އިތުރުން އެންލިސްޓެޑް ރޭންކުތަކުގެ ގިނަ ޢަދަދެއްގެ ސިފައިން ބައިވެރިވިއެވެ.

ސިފައިންގެ ހިދުމަތް ރާއްޖޭގައި ފެށީ އެޕްރީލް 21، 1892 އިގަ އެވެ. ސިފައިންގެ ދުވަހުގެ ގޮތުގައި ފާހަގަ ކުރަނީ  ކޮންމެ އަހަރެއްގެ އެޕްރީލް މަހުގެ 21 ވަނަ ދުވަހެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.