މަޖިލީސް އިންތިހާބު؛ ފުލުހުން ބޮޑީވޯން ކެމެރާ ބޭނުން ކުރާނެ

ސަލާމަތީ ކަންކަން ބަލަހައްޓާ ފުލުހުން ބޮޑީ ވޯން ކެމެރާ ބޭނުން ކުރާނެ ކަމަށާ އެއީ ވޯޓްލާ މަރުކަޒުތަކާއި އެ ތަނުގެ ހާލަތު ފުލުހުންގެ ސެންޓަރަށް ފެންނާނެ އިންތިޒާމު ހަމަޖެއްސުމަށް ކަމަށް ވިދާޅުވި އެވެ.

ވޯޓްލާ މަރުކަޒެއް ކައިރީ ފުލުހުން ހަރަކާތްތެރިވަނީ -- ފޮޓޯ: ޕޮލިސް

މާދަމާ އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ދިވެހި ފުލުުހުންގެ ހިދުމަތުން ފުރިހަމައަށް ތައްޔާރުވެފައިވާ ކަމަށް ބުނެފި އެވެ.

ޗީފް ސްޕްރިޓެންޑެންޓް އަބްދުﷲ ޝަރީފް ވިދާޅުވީ އިންތިހާބަށް އަތޮޅުތަކާއި ރިސޯޓްތަކަށް ފޮނުވަން ޖެހޭ ފުލުހުން ފޮނުވާ ނިމިފައިވާ ކަމަށެވެ. އަތޮޅުތަކަށް 322 ފުލުހުން އިތުރަށް ފޮނުވާފައިވާ ކަމަށާ މާލޭގެ އޮޕަރޭޝަނަށް 266 ފުލުހުން އިތުރުކޮށްފައިވާނެ ކަމަށެވެ.

ސަލާމަތީ ކަންކަން ބަލަހައްޓާ ފުލުހުން ބޮޑީ ވޯން ކެމެރާ ބޭނުން ކުރާނެ ކަމަށާ އެއީ ވޯޓްލާ މަރުކަޒުތަކާއި އެ ތަނުގެ ހާލަތު ފުލުހުންގެ ސެންޓަރަށް ފެންނާނެ އިންތިޒާމު ހަމަޖެއްސުމަށް ކަމަށް ވިދާޅުވި އެވެ. ފުލުހުން ވަނީ ވޯޓަށް ހުރަސް އެޅޭ އެއްވެސް ކަމެއް ނުހިންގުމަށާ އެފަދަ ކަމެއް ހިންގާނަމަ ހުއްޓުވާނެ ކަމަށް ވިދާޅުވި އެވެ.

އަދި ފުލުހުންގެ ޕްރޮފެޝަނަލްކަން އެންމެ މަތީ ދަރަޖާގައި ގެންގުޅުމަށް އިރުޝާދު ދީފައިވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.