ހުރިހާ ވައުދު ފުއްދަވާނެ؛ މެއި ދިހައަކަށް އަލިވިލޭނީ ބިދޭސީ ސިފައިން ނެތް ގައުމެއްގެ ގޮތުގައި

ރައީސް ވިދާޅުވީ އިންޑިއާ ސިފައިންގެ އެންމެ ފަހު ގުރޫޕް އަންނަ މަހުގެ 10 ވަނަ ދުވަހުގެ ކުރީން ރާއްޖެ އިން ފައިބާނެ ކަމަށެވެ. އޭރުން ބިދޭސީ ސިފައިންގެ އެއްވެސް މީހަކު މި ގައުމުގައި ނުހުންނާނެ ކަމަށެވެ.

މިއަދުގެ ހިނގާލުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ދެކަނބަލުން

އަންނަ މެއި މަހުގެ ދިހަވަނަ ދުވަހަށް އަލިވިލޭނީ ރާއްޖެ އަކީ ބިދޭސީ ސިފައިން ނެތް ގައުމެއްގެ ގޮތުގައި ކަމަށާ އެމަނިކުފާނު ވެވަޑައިގެންފައިވާ ކޮންމެ ވައުދެއް އެ ގޮތުގައި ފުއްދަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ކޮންގްރެސްގެ ކެމްޕެއިން ނިންމާލުމަށް މިއަދު ހަވީރު އޮތް ބޮޑު ހިނގާލުން ނިންމާލުމުގެ ގޮތުން އާޓިފިޝަލް ބީޗު ސަރަހައްދު ގައި ވާހަކަ ދައްކަވަމުންނެވެ. އެތައް ސަތޭކަ ބަޔަކާ އެކު ކުރިއަށް ގެންދިޔަ ހިނގާލުމުގައި ރައީސް ވިދާޅުވީ ރިޔާސީ އިންތިހާބު ގައި ރައްޔިތުން ނިކުމެ "ދިވެހީންގެ ރާއްޖެ" ހޯދުމަށް ވޯޓް ދިނީ ގައުމުގެ މިނިވަންކަން އޮޔާލާ ހިސާބަށް ގޮސްފައިވަނިކޮށް ކަމަށެވެ.

އެހެން ކަމުން އެމަނިކުފާނުގެ އެޖެންޑާ ގައި އެންމެ ކުރީގައި އޮތީ މިނިވަންކަން ކަށަވަރުކޮށް ފަހުރުވެރި ދިވެއްްސެއް ކަމުގެ އިހްސާސް ކުރެވޭނެ ގޮތް ހުރިހާ މާނައެއް ގައި ފަހިކޮށް ދިނުން ކަމަށެވެ. ރައީސް ވިދާޅުވީ އެންމެ ބޮޑު ވައުދަކީ ބިދޭސީން ސިފައިން ނެތް ގައުމަކަށް ރާއްޖެ ހެދުން ކަމަށެވެ.

"އިރާދަކުރެެއްވިއްޔާ މެއި 10 ވަނަ ދުވަހަށް އަލިވިލޭނީ ބިދޭސީން ސިފައިން ނެތް ގައުމެއްގެ ގޮތުގައި،" ރައީސް ވިދާޅުވި އެވެ.

ކޮންގްރެސްގެ ކެމްޕެއިން ނިންމާލުމުގެ ގޮތުން ބާއްވާ ހިންގާލުން: ވަރަށް ގިނަ ބަޔަކު ހިނގާލުމުގައި ބައިވެރިވޭ -- ޔާމީން | ދަ މިރާ

ރައީސް ވިދާޅުވީ އިންޑިއާ ސިފައިންގެ އެންމެ ފަހު ގުރޫޕް އަންނަ މަހުގެ 10 ވަނަ ދުވަހުގެ ކުރީން ރާއްޖެ އިން ފައިބާނެ ކަމަށެވެ. އޭރުން ބިދޭސީ ސިފައިންގެ އެއްވެސް މީހަކު މި ގައުމުގައި ނުހުންނާނެ ކަމަށެވެ.

މީގެ އިތުރުން ދިވެހީންގެ ބިޔަ ބޮޑު ކަނޑުގެ ސަރަހައްދު ބެލެހެއްޓުމުގެ ގާބިލްކަން މިއަދު ވަނީ ހޯދާފައި ކަމަށް ވިދާޅުވި އެވެ. މި ކަންކަމަކީ އާދައިގެ ކުޑަކުޑަ ކަންކަން ނޫން ކަމުގައި ވިދާޅުވީ އެވެ.

އެމަނިކުފާނަށް މުހިންމީ ނަތީޖާ ނެރެ ދިނުން ކަމަށާ ވެވަޑައިގެންނެވި ކޮންމެ ވައުދެއް ފުއްދެވުމުގައި އަމަލު ކުރައްވާނީ އެ ގޮތަށް ކަމަށް ވިދާޅުވި އެވެ. އިންތިހާބަށް ވެވަޑައިގެންނެވި ވައުދުތަކަކީ ވޯޓް ހޯއްދެވުމަށް ވެވަޑައިގެންނެވި ވައުދުތަކެއް ނޫން ކަމަށް ވެް ވިދާޅުވި އެވެ. އަދި ތަކުރާރު ކުރައްވާ ވިދާޅުވީ މަޖިލީސް އިންތިހާބު ގައި ސަރުކާރަށް އެހީތެރިވެ ދެއްވައިފިނަމަ ހުރިހާ ވައުދެއް ރަނުން ރަނަށް ފުއްދަވާނެ ކަމަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.