ރައީސްގެ ފަހުގެ މެސެޖު، މަޖިލީސް ހޯދާ ދިނުމަށް އެހީތެރިވެ ދެއްވާ، ނަތީޖާ ނެރެ ދައްކާނަން

ތަކުރާރުކޮށް އެދިވަޑައިގަތީ މާދަމާގެ އިންތިހާބު ގައި ކޮންގްރެސްގެ ކެންޑިޑޭޓުންނާއި އެމަނިކުފާނުގެ ތާއީދު އޮތް ކެންޑިޑޭޓުން އިންތިހާބު ކޮށް ދެއްވުމަށެވެ. އަދި ޔަގީން ކަން ދެއްވީ ވެރިކަމަށް ވަޑައިގަތުމަށް ވެވަޑައިގެންފައިވާ ހުރިހާ ވައުދެއް ފުއްދަވާނެ ކަމެވެ.

މިއަދުގެ ހިނގާލުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ދެކަނބަލުން

މާދަމާ އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ގައި ސަރުކާރުގެ ތާއީދު އޮތް ކެންޑިޑޭޓުން އިންތިހާބުކޮށް ދިނުމަށް އެހީތެރިވެ ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސް ކުރައްވައިފި އެވެ.

އެމަނިކުފާނު މިކަމަށް އިލްތިމާސް ކުރެއްވީ ކޮންގްރެސްގެ ކެމްޕެއިން ނިންމާލުމަށް މިއަދު ހަވީރު އޮތް ބޮޑު ހިނގާލުން ނިންމާލުމުގެ ގޮތުން އާޓިފިޝަލް ބީޗު ސަރަހައްދު ގައި ވާހަކަ ދައްކަވަމުންނެވެ. އެތައް ސަތޭކަ ބަޔަކާ އެކު ކުރިއަށް ގެންދިޔަ ހިނގާލުމުގައި ރައީސް ވަނީ ކޮންގްރެސް މެންބަރުން ހިމެނޭ މަޖިލީހަކުން ނަތީޖާ ނެރެ ދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.

ތަކުރާރުކޮށް އެދިވަޑައިގަތީ މާދަމާގެ އިންތިހާބު ގައި ކޮންގްރެސްގެ ކެންޑިޑޭޓުންނާއި އެމަނިކުފާނުގެ ތާއީދު އޮތް ކެންޑިޑޭޓުން އިންތިހާބު ކޮށް ދެއްވުމަށެވެ. އަދި ޔަގީން ކަން ދެއްވީ ވެރިކަމަށް ވަޑައިގަތުމަށް ވެވަޑައިގެންފައިވާ ހުރިހާ ވައުދެއް ފުއްދަވާނެ ކަމެވެ. ތަކުރާރުކޮށް ވިދާޅުވީ ރައްޔިތުން މާޔޫސްކޮށް ނުލައްވާނެ ކަމެވެ. ނަތީޖާ ނެރެ ދައްކަވާނެ ކަމެވެ.

"އަޅުގަނޑު ޔަގީން ކުރަން މާދަމާގެ ވޯޓަކީ އަޅުގަނޑުމެންނަށް އުންމީދުތައް ހާސިލުވާނެ ވޯޓަކަށް ވާނެ ކަން،"

ކޮންގްރެސްގެ ކެމްޕެއިން ނިންމާލުމަށް މިއަދު ހަވީރު އޮތް ބޮޑު ހިނގާލުން ނިންމާލުމުގެ ގޮތުން އާޓިފިޝަލް ބީޗު ސަރަހައްދު ރައީސް ވާހަކަފުޅު ދައްކަވަނީ -- ޔާމީން | ދަ މިރާ

ރައީސް ވިދާޅުވީ ރިޔާސީ އިންތިހާބު ގައި ރައްޔިތުން ނިކުމެ "ދިވެހީންގެ ރާއްޖެ" ހޯދުމަށް ވޯޓް ދިނީ ގައުމުގެ މިނިވަންކަން އޮޔާލާ އިގްތިސާދު ފުނޑުފުނޑުވެފައި ވަނިކޮށް ކަމަށެވެ. "ދިވެހީންގެ ރާއްޖެ" ހޯދުމުގެ ދަތުރު އަދި ނުނިމޭ ކަމަށާ އެ މަސައްކަތް ކާމިޔާބު ކުުރުމަށް މަޖިލީހުގެ ދައުރު ވަރަށް މުހިންމު ކަމުގައި ވިދާޅުވި އެވެ.

އެހެން ކަމުން މާދަމާ ނެގޭ ވޯޓަކީ ދިވެހި ގައުމުގެ މުސްތަގުބަލަށްޓަކާ ވަރަށް މުހިންމު ވޯޓެއް ކަމުގައި ވިދާޅުވި އެވެ. ރައީސް ވިދާޅުވީ ކޮންގްރެސްގެ 93 ކެންޑިޑޭޓުން މަސައްކަތް ކުރާނީ ގައުމީ ރޫހުގައި ގައުމީ ޖޯޝުގައި ކަމަށާ ކޮންގްރެސް މެންބަރުން ހިމެނޭ މަޖިލީހަކުން ނަތީޖާ ނެެރޭނެ ކަމަށެވެ. އެކަމުގެ ޔަގީންކަން އެ ހުރިހާ މެންބަރުންގެ ފަރާތުން އަރުވާ ކަމަށް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނުގެ އޮތް ތަސައްވުރަކީ ހުރިހާ މާނައެއްގައި ތަރައްގީ ހޯދުން ކަމަށާ އެއީ ރައްޔިތުން ވެސް ބޭނުންވާ ގޮތް ކަމުން އެކަމަށް އެހީތެރިވެ ދިނުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

"އަޅުގަނޑަށް މުހިންމީ ނަތީޖާ އެކަނި. އަޅުގަނޑު ބޭނުމެއް ނޫން ނަތީޖާ ނުނެރެވި އެންމެ ސިކުންތެއް ވެސް ބޭކާރުވާން،"

ރައީސް ވިދާޅުވީ އިހްލާސްތެރި ކަމާ ތެދުވެރިކަމާ އެކު މަސައްކަތް ކުރައްވާނެ ކަމަށާ ވެވަޑައިގެންނެވި ކޮންމެ ވައުދެއް ރަނުން ރަނަށް ފުއްދަވާނެ ކަމަށެވެ. އެކަން މި ދައުރު ނިމިގެންދާއިރު ޔަގީންކޮށް ކަށަވަރު ކޮށް ދެއްވާނެ ކަމަށް ވިދާޅުވި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.