ގިނަ ބަޔަކާއެކު ކޮންގްރެސްގެ ހިނގާލުން ފަށައިފި

މި ހިނގާލުމުގައި ރައީސުލްޖުމްހޫރިއްޔާ / ޕީއެންސީގެ ރައީސް ޑރ. މުހައްމަދު މުއިއްޒާއި ނާއިބު ރައީސް ހުސައިން މުހައްމަދު ލަތީފް ބައިވެރިވެވަޑައިގަންނަވަ އެވެ.

ކޮންގްރެސްގެ ކެމްޕެއިން ނިންމާލުމުގެ ގޮތުން ބާއްވާ ހިންގާލުން: ވަރަށް ގިނަ ބަޔަކު ހިނގާލުމުގައި ބައިވެރިވޭ -- ޔާމީން | ދަ މިރާ

މާދަމާ ބާއްވާ ވިހިވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ސަރުކާރު ހިންގާ ކޮންގްރެސް ޕާޓީގެ ކެމްޕޭން ނިންމާލުމަށް ބާއްވާ ހިނގާލުން، ގިނަ ބަޔަކާ އެކު ފަށައިފި އެވެ.

ސޯޝަލް ސެންޓަރު ކައިރީން ފެށި ހިނގާލުމުގައި އެތައް ސަތޭކަ ބަޔަކު ދަނީ ބައިވެރިވަމުންނެވެ. މި ހިނގާލުމުގައި ރައީސުލްޖުމްހޫރިއްޔާ / ޕީއެންސީގެ ރައީސް ޑރ. މުހައްމަދު މުއިއްޒާއި ނާއިބު ރައީސް ހުސައިން މުހައްމަދު ލަތީފް ބައިވެރިވެވަޑައިގަންނަވަ އެވެ.

އަދި މަޖިލީސް އިންތިހާބު ގައި ކޮންގްރެސްގެ ކެންޑިޑޭޓުންގެ ގޮތުގައި ވާދަ ކުރާ ގިނަ އަދަދެއްގެ ކެންޑިޑޭޓުން ބައިވެރިވެ އެވެ. އެކި ޝުއޫރުތައް ލިޔެފައިވާ ބެނާތަކާއި ދާއިރާތަކުގެ ކެންޑިޑޭޓުންގެ ބެނާތައް ހިފައިގެން ތިބި ޓީމުތަކާއެކު ވަރަށް ގިނަ ބަޔަކު މިއަދުގެ މި ހިނގާލުމުގައި ދަނީ ބައިވެރިވަމުންނެވެ.

ކޮންގްރެސްގެ ކެމްޕެއިން ނިންމާލުމުގެ ގޮތުން ބާއްވާ ހިންގާލުން: ވަރަށް ގިނަ ބަޔަކު ހިނގާލުމުގައި ބައިވެރިވޭ -- ޔާމީން | ދަ މިރާ

މިއީ މަޖިލީސް އިންތިހާބާ ދިމާކޮށް ސިޔާސީ ޕާޓިއަކުން ބާއްވާ އެންމެ ބޮޑު ހަރަކާތެވެ.

މަޖިލީސް އިންތިހާބަށް ކޮންގްރެސްގެ ޓިކެޓްގައި 89 ކެންޑިޑޭޓަކު ވާދަ ކުރެ އެވެ. ނަމަވެސް ބައެއް ދާއިރާތަކަށް ކޮންގްރެސްގެ ޓިކެޓް ދިން ކެންޑިޑޭޓުންނަށް ތާއީދު ނުކުރަން ސަރުކާރުން ވަނީ ނިންމާފައެވެ. ޖުމްލަ ތިން ދާއިރާއެއް ހިމެނެ އެވެ. އެއީ މައްޗަންގޮޅީ މެދާއި ގަލޮޅު އުތުރާއި ތިމަރަފުށީ ދާއިރާ އެވެ. މައްޗަންގޮޅީ މެދަށް ކޮންގްރެސްގެ ޓިކެޓް ލިބުނު ކެންޑިޑޭޓް ވަނީ ފަހަތަށް ޖެހި ސަރުކާރުގެ ތާއީދު އޮތް ކެންޑިޑޭޓާ އެކު ހުރިކަން ހާމަކޮށްފައެވެ.

މި ކެންޑިޑޭޓުންގެ އިތުރުން މާފަންނު އުތުރު ދާއިރާއަށް އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމް އަދި މާމިގިލީ ދާއިރާއަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް، ދ. މީދޫ ދާއިރާއަށް އެމްޑީއޭގެ ރައީސް އަހްމަދު ސިޔާމަށް ތާއީދު ކުރުމަށް ވެސް ކޮންގްރެސް ޕާޓީން ވަނީ ނިންމާ ފައެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.