ގެއްލުނު ދޯނި ހޯދުމަށް 440 މޭލު ސަރަހައްދެއް ބަލައިފި

އެމްއެންޑީއެފް އިން ބުނީ އަދިވެސް ދޯނި ހޯދުމުގެ މަސައްކަތް ހުއްޓާނުލައި ކުރާކަމަށެވެ.

ކަނޑުމަތީގެ ހާދިސާއެއްގެ ތެރޭ ކޯސްޓްގާޑުގެ އުޅަނދެއް ހަރަކާތްތެރި ވަނީ -- އެމްއެންޑީއެފް

މ. ރަތްމަންދޫ ބޭރަށް މަސްވެރިކަމަށް ނިކުތް "ފަރިހި 2" ދޯނި ހޯދުމަށް 440 ނޯޓިކަލް މޭލު ސަރަހައްދެއް ވައިގެމަގުންނާއި ކަނޑުމަގުން ބެލިފައިވާކަމަށް އެމްއެންޑީއެފުން ބުނެފި އެވެ. 

ތިން މީހުންނާ އެކު ގެއްލުނު ދޯނި ހޯދުމަށް ޑްރޯން އާއި އެމްއެންޑީއެފްގެ ކޯޓުގާޑު އުޅަނދުތައް ބޭނުންކުރެ އެވެ. އެމްއެންޑީއެފުން ބުނީ އަދިވެސް ހުއްޓުމެއް ނެތި ސާޗް އޮޕަރޭޝަން ކުރިއަށް ދާކަމަށެވެެ. 

އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލަކު "މިރާ"އަށް ވިދާޅުވީ، އެ ދޯނީގައި ތިބި މީހުން މަސްވެރިކަމަށް ދިޔައީ ސީދާ ކޮން ސަރަހައްދަކަށް ކަމެއް އެނގިފައި ނުވާކަމަށެވެ. 

"ޔަގީންކަމާ އެކު މަހަށް ދިޔައީ ކޮން ލޮކޭޝަނަކަށް ކަމެއް ޔަގީނެއް ނޫން. ބައެއް މައުލޫމާތު އެބަހުރި ކަނދުފައްޗަށް ވެސް ދާކަމަށް" މީޑިއާ އޮފިޝަލު ވިދާޅުވި އެވެ. 

އެނގިފައިވާ ގޮތުގައި މަހަށް ދިޔަ ތިން މީހުންނަކީ ކ. މާފުށީ ބައެކެވެ. އެމީހުން މަހަށް ފުރީ މ. މަޑުއްވަރީން، އެރަށުގެ ޑައިވިން ދޯންޏެއްގަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.