ސިފައިންގެ ޔޫއޭވީތައް އުދުހިގަތީ ނޫނުން، ދޯނި ހޯދަނީ މީމު ބޭރުން

ދިވެހި ސިފައިން ޑްރޯންތައް މައުލޫމާތު ފޯރު ކޮށްދެމުން އެ ދަނީ ގާތްގަނޑަކަށް 300 ކިލޯމީޓަރުގެ ދުރުމިނުންނެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ވައިގެ ބާރުގެ ޑްރޯން ކައިރީގައި

މ. އަތޮޅު ރަތްމަންދޫ ބޭރުން ގެއްލުނުގެ ދޯންޏާއި މީހުން ހޯދުމުގައި ދިވެހި ސިފައިން މިހާރު އެދަނީ އާއްމު ބަހުންނަމަ ޑްރޯން، ނުވަތަ އަންމޭން އޭރިއަލް ވެހިކަލް (ޔޫއޭވީ) ބޭނުން ކުރަމުންނެވެ. މިއީ ޑްރޯން ގެނައި ފަހުން އެ ބޭނުން ކޮށްގެން އޮޕަރޭޝަނެއް ހިންގާ ފުރަތަމަ ފަހަރެވެ. އޮޕަރޭޝަނަށް ޑްރޯންތައް ރޭގެ ވަގުތެއްގައި މާފަރުގައި ހުންނަ ދިވެހިންގެ އެއާކޯގެ ބޭހުން އުދުހިގެންފައިވާއިރު މިއީ ދިވެހި ތާރީހީ މަސައްކަތެވެ. ސުވާލަކީ ޑްރޯނަށް އެ ހިސާބުން ހޯދުމުގެ ގާބިލްކަން ހުންނާނެ ހެއްޔެވެ؟ މާފަރާއި ރަތްމަންދޫއާ ދެމެދު ކިހާ ދުރުމިނެއް ކަން އަންދާޒާ ކުރެވޭ ހެއްޔެވެ؟ 

އިންޑިއާ ސިފައިން ބޭނުން ކޮށްގެން ކުރިން ކުރަމުން ދިޔަ ސާޗް މަސައްކަތް ދިވެހި ސިފައިންގެ އަތްމައްޗަށް ނަގަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައި ތުރުކީގެ ބައިރަކުތާރު މަރުކާގެ ޑްރޯންތަކެއް ގެނެސްފައި ވަނީ މިދިޔަ މާރިޗުމަހުގެ މެދުތެރޭގަ އެވެ. ތިން ޑްރޯނެއް މި މަސައްކަ ތަކަށް ބޭނުން ކުރަން ގެނެސްފައިވާއިރު ޑްރޯންތައް އޮޕަރޭޓް ކުރަނީ ދިވެހި ސިފައިންނެވެ. މިކަމަށް 10 ސިފައިން ތުރުކީގައި ތަމްރީނު ކޮށްފައިވެ އެވެ. މިވަގުތު ފަސް މީހުން ރާއްޖެ އައިސްފައިވާއިރު މި މީހުން ބޭސްވެގެން މި ވަގުތު ތިބީ މާފަރުގަ އެވެ. 

ސިފައިން ޔޫއޭވީ މާފަރުން ފުރައިގެން އުދުހިގެންފައިވާ ރާސްތާގެ ދުރުމިން

ސިފަައިންގެ ޔޫއޭވީ 300 ކިލޯމީޓަރުގެ ދަތުރެއް

ސިފައިން މި ޑްރޯންތައް ބޭނުންކޮށްގެން މ. އަތޮޅު ރަތްމަންދޫ ބޭރުން ގެއްލުނު ދޯނި ހޯދުމުގެ މަސައްކަތް ރޭ ވަނީ ފަށާފަ އެވެ. މި މަސައްކަތް ސިފައިން ފަށާފައިވާއިރު މި ޑްރޯންތައް މާފަރުން އުދުހިގަނެގެން މ. އަތޮޅު ރަތް މަންދޫ ބޭރަށް އަންނަން ގަޑިއެއް ނުވަތަ ދެ ގަޑިއިރު ނަގާނެ ކަމަށް އަންދާޒާ ކުރެވެ އެވެ. ސަބަބަކީ މިއީ ގާތްގަނޑަކަށް 300 ކިލޯމީޓަރު ރާސްތާ އެވެ. މި މަސައްކަތް ކުރަން ރޭގެ ވަގުތެއްގައި ފަށާފައިވާއިރު މި ޑްރޯންއަކީ މިބާވަރުގެ މަސައްކަތްތަކަށް ގާބިލް އެއްޗަކެވެ. 

ޑްރޯންގެ ހާއްސަ ބައެއް ސިފަތައް

  •  18،000 - 25،000 ފޫޓު މަތިން އުދުހެވޭނެ
  •  300 ކިލޯމީޓަރަށްވުރެ ދުރުން މައުލޫމާތު ފޯރުކޮށްދޭނެ
  •  ހުއްޓުމެއް ނެތި 27-50 ގަޑިއިރު އުދުހުމުގެ ގާބިލްކަން
  •  ބޭނުންނަމަ ހަތިޔާރު ހަރުކުރެވޭނެ
  •  ޑްރޯންގެ ބޮޑުމިން 21 ފޫޓު
  •  70-120 ކިލޯމީޓަރުގެ ބާރުމިނުގައި އުދުހެވޭނެ
  •  ނައިޓް ވިޝަން ރޭގަނޑުވެސް ވަގުތުން އިމޭޖާއި ވީޑިއޯ ފޮނުވާނެ

މި ވަގުތު ވެސް ޑްރޯންތައް މަތީގައި

ދިވެހި ސިފައިންގެ ޑްރޯން ފައުޖުގެ ބައެއް ސިފައިން

ޑްރޯން މާފަރުން ފުރައިގެން މ. އަތޮޅަށް ދަތުރު ކުރަން ޑްރޯން ދަތުރު ކުރާނީ މާލެ މަތިންނެވެ. ޑްރޯންއަކީ 18،000 - 25،000 ފޫޓުގެ މަތިން އުދުހުމުގެ ކެޕޭސިޓީ ހުރި އުޅަނދެއްކަމަށް ވުމުން މަތިންދާ ބޯޓުތަކުގެ ރޫޓުން މި ޑްރޯން ދަތުރުކޮށް މިވަގުތު އޮންނާނީ ރަތްމަންދޫ ބޭރުގަ އެވެ. މިއީ ރާއްޖޭގެ އެންމެ އެކަހެރި އަދި މަސްވެރި އެއް ހިސާބެވެ. 

ސިފައިންގެ މި ޔޫއޭވީތަކަށް ހުއްޓުމެއް ނެތި ދެ ދުވަހު އުދުހުމުގެ ގާބިލްކަން ހުންނާނެ އެވެ. މި ޑްރޯންތަކަކީ ރޭގަނޑުގެ ވަގުތުތަކުގައި ވެސް ވަގުތުން ސިފައިންގެ ބޭހަށް ވީޑިއޯގެ ލައިވް ފީޑް ފޮނުމުގެ ގާބިލްކަން ހުރި ނައިޓް ވިޝަން އުޅަނދެކެވެ. ސެޓެލައިޓުގެ އެހީގައި މި ނޫންވެސް އެތައް މައުލޫމާތެއް ފޯރުކޮށްދޭނެ އެވެ. އެހެންވެ ވަގުތު ސިފައިން މި މަސައްކަތް މި ވަގުތު ވެސް ސިފައިން އެތިބީ އެ މަސައްކަތުގަ އެވެ. 

ހަތަރު ބިތުގައި ޑްރޯން ބޭސް ހަދާނެ

ސަރުކާރުން ދަނީ ރާއްޖޭގެ ހަތަރު ބިރުގައި ޑްރޯން ބޭސް ހަދަން މަސައްކަތް ކުރަމުންނެވެ. މި މަސައްކަތްތަށް އިތުރު ފަސް ޑްރޯނެއް އަދި ގެންދާނެ އެވެ. މި މަސައްކަތް ނިމޭއިރު ރާއްޖޭގެ ހާއްސަ އިގްތިސޯދީ ސަރަހައްދުގެ ހުރިހާ ހަރަކާތެއް 24 ގަޑިއިރު ވަގުތުން ދިވެހި ސިފައިންނަށް ފެންނަން ހުންނާނެ އެވެ. މިކަމުގެ ސަބަބުން މިހާރު މަސްކަނޑު ބެލެހެއްޓުމުގެ މަސައްކަތުގައި ކުރަން ޖެހޭ ހަަރަދު ބޮޑުތަނުން ކުޑަ ވެގެންދާނެ އެވެ. އަދި ސާޗް އޮޕަރޭޝަންތަކުގައި ޑޯނިއާ މަތިންދާ ބޯޓް ބޭނުންކޮށްގެން ކުރަން ޖެހޭ ބޮޑު ހަރަދު ވެސް އެއްކޮށް ކެނޑިގެންދާނެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.