ޔޫއޭވީގެ ފުރަތަމަ އޮޕަރޭޝަން: ގެއްލުނު މީހުން ހޯދަން ޑްރޯން އުދުއްސާލައިފި

އެމްއެންޑީއެފުން ދެންމެ ބުނީ އެމްއެންޑީއެފް ވައި ބާރުން ވަނީ ދޯނި ހޯދުމަށްޓަކައި "ޔޫއޭވީ" އެ ސަރަހައްދަށް ދިއުމަށް އުދުއްސާލައިފައި ކަމަށެވެ.

ސިފައިންގެ ވައިގެ ބާރުގެ ޑްރޯން އެއް -- މި

މަހަށް ނިކުތް ދެ ދިވެހީން ގެއްލިގެން އެ މީހުން ހޯދަން ފަށާފައިވާ އޮޕަރޭޝަން ގައި ސިފައިންގެ ވައިގެ ބާރުގެ ޑްރޯން ބޭނުން ކުރަން ފަށައިފި އެވެ.

މާޗް މަހުުގެ 15 ވަނަ ދުވަހު ސިފައިންގެ ވައިގެ ބާރު އުފައްދާ އެންމެ ޒަމާނީ ޑްރޯން ހަވާލުކުރި ފަހުން މިފަދަ ހާދިސާއެއް ގައި ޑްރޯން ބޭނުންކުރާ މިއީ ފުރަތަމަ ފަހަރެވެ.

ފުލުހުން މިރޭ ބުނީ މިއަދު ހަވީރު މ. މަޑުއްވަރިން ދޯންޏެއްގައި މަހަށް ދިޔަ ދެ މީހަކު ހަބަރެއް ނުވެ ވީނުވީއެއް ނޭނގި ގެއްލިފައިވާކަމުގެ މައުލޫމާތު މިރޭ 10:06 އެހާކަންހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަަށެވެ.

‏މިހާދިސާގެ މަޢުލޫމާތު ފުލުހުންނަށް ލިބުމާއެކު މ. އަތޮޅު ފުލުހުންގެ ލޯންޗު ދަނީ ދޯންނާއި މީހުން ހޯދުމުގެ މަސައްކަތުގައި ހަރަކާތްތެރިވަމުން ކަމަށް ވެސް ބުންޏެވެ. އަދި މިކަމުގެ މައުލޫމާތު އެމްއެންޑީއެފާ ވަނީ ހިއްސާ ކޮށްފައިވާ ކަމަށް ވެސް ބުންޏެވެ.

"‏މި ދޯނީގައި މަހަށް ގޮސްފައި ވަނީ ދިވެހި ދެ ފިރިހެނުން،"

އެމްއެންޑީއެފުން ދެންމެ ބުނީ އެމްއެންޑީއެފް ވައި ބާރުން ވަނީ ދޯނި ހޯދުމަށްޓަކައި "ޔޫއޭވީ" އެ ސަރަހައްދަށް ދިއުމަށް އުދުއްސާލައިފައި ކަމަށެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.