މަހަށް ނިކުތް ދެ ދިވެހީން ގެއްލިގެން ހޯދަނީ

މަޑުއްވަރިން ދޯންޏެއްގައި މަހަށް ދިޔަ ދެ މީހަކު ހަބަރެއް ނުވެ ވީނުވީއެއް ނޭނގި ގެއްލިފައިވާކަމުގެ މައުލޫމާތު މިރޭ 10:06 އެހާކަންހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަަށެވެ.

ދެ މީހުން މަހަށް ނިކުތް ދޯނި

މަހަށް ނިކުތް ދެ ދިވެހީން ގެއްލިގެން ހޯދަން ފަށައިފި އެވެ.

‏ފުލުހުން މިރޭ ބުނީ މިއަދު ހަވީރު މ. މަޑުއްވަރިން ދޯންޏެއްގައި މަހަށް ދިޔަ ދެ މީހަކު ހަބަރެއް ނުވެ ވީނުވީއެއް ނޭނގި ގެއްލިފައިވާކަމުގެ މައުލޫމާތު މިރޭ 10:06 އެހާކަންހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަަށެވެ.

‏މިހާދިސާގެ މަޢުލޫމާތު ފުލުހުންނަށް ލިބުމާއެކު މ. އަތޮޅު ފުލުހުންގެ ލޯންޗު ދަނީ ދޯންނާއި މީހުން ހޯދުމުގެ މަސައްކަތުގައި ހަރަކާތްތެރިވަމުން ކަމަށް ވެސް ބުންޏެވެ. އަދި މިކަމުގެ މައުލޫމާތު އެމްއެންޑީއެފާ ވަނީ ހިއްސާ ކޮށްފައިވާ ކަމަށް ވެސް ބުންޏެވެ.

"‏މި ދޯނީގައި މަހަށް ގޮސްފައި ވަނީ ދިވެހި ދެ ފިރިހެނުން،" 

‏މި ދޯންޏާއި މީހުންނާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ އެމާޖެންސީ ނަންބަރު 119 އަށް ނުވަތަ ކޯސްޓްގާޑަށް ގުޅައި އެ މައުލޫމާތެއް ހިއްސާ ކުރުމަށް ވަނީ އެދިފައެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.