މިއަހަރު އެއާ އެމްބިއުލާންސަށް ހެލިކޮޕްޓަރު އިތުރު ކުރާނެ: ރައީސް

މި ސަރުކާރާއެކު އެއާ އެމްބިއުލާންސް ހިދުމަތް ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް 24 ގަޑިއިރު މިހާރު ފޯރު ކޮށްދެއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު

އެއާ އެމްބިއުލާންސްގެ ގޮތުގައި މިހާރު ބޭނުން ކުރަމުންދާ މަތިންދާ ބޯޓާއި ސީޕްލޭންގެ އިތުރަށް މިއަހަރު ހެލިކޮޕްޓަރު އިތުރު ކުރާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ފުވައްމުލަކުގައި ރޭ ބޭއްވި ކެމްޕެއިން ޖަލްސާގައި ރައީސް މުއިއްޒު ވިދާޅުވީ އެއާ އެމްބިއުލާންސްގެ ފްލީޓު ބޮޑު ކުރާނެ ކަމަށެވެ. އެގޮތުން މި އަހަރު ނިމުމުގެ ކުރިން އެއާ އެމްބިއުލާންސްގެ ފްލީޓަށް ހެލިކޮޕްޓަރު އިތުރު ކުރުމަށް މެޑިކަލް އިވަކުއޭޝަނަށް ހާއްސަ ހެލިކޮޕްޓަރު ރާއްޖެ ގެނެވޭނެ ކަމަށް ވިދާޅުވި އެވެ. އަދި އިތުރު މަތިންދާ ބޯޓު ވެސް އެކަމަށް ހާއްސަ ކުރުމަށް ޕްލޭންތަކެއް އެކުލަވާލެވިފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

ރައީސް މުއިއްޒު ވިދާޅުވީ މިހާރު ދިވެހިން އަމިއްލަ ފައި މައްޗަށް ތެދުވެ ވޭވަރު ވާ ކަމަށެވެ.

"މީގެ ކުރިން ބަލިވެއްޖެއްޔާ ބޭރުގެ އެހީިއަށް މި އެދެން ޖެހެނީ. އެކަމަކު މިހާރު އަމިއްލައަށް ކުރެވޭނެ މަގު ފަހި ކުރެވިފަ މިވަނީ އަޅުގަނޑުމެންނަށް. އަމިއްލަ ފައިމައްޗަށް ކޮޅަށް ތެދުވުމުގެ މަގުމަތީގަ މިވަނީ. މިއީ ލިބޭ ވަރަށް ބޮޑު ކުރިއެރުމެއް.".

މި ސަރުކާރާއެކު އެއާ އެމްބިއުލާންސް ހިދުމަތް ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް 24 ގަޑިއިރު މިހާރު ފޯރު ކޮށްދެއެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.