އަދާލަތުގެ ކެންޑިޑޭޓް ފަހަތަށް ޖެހި ތާއީދު ޕީއެންސީ އަށް

ފުޅާ ކެމްޕެއިނެއް ހިންގުމަށް ފަހު މަޖިލީސް އިންތިހާބުގެ ވޯޓް ނަގަން 48 ގަޑިއިރަށް ވެފައި ވަނިކޮށް އިސްމާއީލް ވަނީ އިންތިހާބުން ފަހަތަށް ޖެހެން ނިންމާފައެވެ.

ޕީއެންސީގެ ކެންޑިޑޭޓް (ކ) އަދާލަތުގެ ކެންޑިޑޭޓް (ވ)

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ގައި ށ. ފުނަދޫ ދާއިރާއަށް ވާދަކުރާ އަދާލަތު ޕާޓީގެ ކެންޑިޑޭޓް ފަހަތަށް ޖެހި ސަރުކާރު ހިންގާ ކޮންގްރެސް ޕާޓީގެ ކެންޑިޑޭޓަށް ތާއީދު ކުރަން ނިންމައިފި އެވެ.

ފުނަދޫ ދާއިރާއަށް އަދާލަތުގެ ޓިކެޓް ދިނީ އިސްމާއީލް ހަމީދަށެވެ. ކޮންގްރެސްގެ ކެންޑިޑޭޓަކީ މަމްދޫހް ޔޫނުސް އެވެ.

ފުޅާ ކެމްޕެއިނެއް ހިންގުމަށް ފަހު މަޖިލީސް އިންތިހާބުގެ ވޯޓް ނަގަން 48 ގަޑިއިރަށް ވެފައި ވަނިކޮށް އިސްމާއީލް ވަނީ އިންތިހާބުން ފަހަތަށް ޖެހެން ނިންމާފައެވެ.

އިސްމާއީލް ވިދާޅުވީ ފުނަދޫ ދާއިރާގެ ކުރިއެރުމާ ތަރައްގީއަށް އެންމެ ފަހި ގޮތަކީ ސަރުކާރު ހިންގާ ޕާޓީން މަޖިލީހުގައި އެ ދާއިރާ ތަމްސީލު ކުރުން ކަމަަށް ފެންނާތީ ކޮންގްރެސްގެ ކެންޑިޑޭޓަށް ތާއީދު ކުރުމަަށް ނިންމާފައިވާ ކަމަަށެވެ.

"ވީމާ އަޅުގަނޑަށް ތާއީދު ކުރާ އަދި ހެޔޮ އެދިލައްވާ ދާއިރާގެ އެންމެހާ ރައްޔިތުން ކެންޑިޑޭޓް ނަންބަރު ފަހަކަށް ވޯޓް ދެއްވުން އެދެމެވެ،" އިސްމާއީލްގެ މެސެޖުގައި ވިދާޅުވި އެވެ.

އަދާލަތުން މަޖިލީސް އިންތިހާބުގައި ވާދަކުރަނީ އެންމެ ތިން ގޮނޑިއަަށެވެ. އެ ޕާޓީއަކީ މަޖިލީސް އިންތިހާބުތަކާއި އެ ނޫން އިންތިހާބުތަކުގައި ވެސް އެކަށީގެންވާ ވަރުގެ އެއްވެސް ކާމިޔާބެއް އަދި ހޯދިފައި ނުވާ ޕާޓީ އެވެ. ޕާޓީ އުފެދުނު ފަހުން ބޭއްވި މިހާތަނަށް ބޭއްވި ތިން އިންތިހާބުގައި ލިބުނީ އެންމެ ގޮނޑި އެކެވެ.

އަދާލަތަކީ ކޮންގްރެސްއާ ދެކޮޅު ޕާޓީއެކެވެ.

ޕީޕީއެމް / ޕީއެންސީގެ ބޮޑު ތާއީދެއް އޮންނަ ފުނަދޫ ދާއިރާއަށް އެމްޑީޕީގެ ޓިކެޓް ގައި ވާދަކުރަނީ ކުރީގެ މެންބަރު އިލްހާމް އަހްމަދެވެ. އެމްޑީޕީގެ ޓިކެޓަށް ހުޅުވާލުމުން ކުރިމަތިލީ އިލްހާމް އެކަންޏެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.