ތަފާތެއް | ހަރަދުން ތިން ބިލިއަން ކުޑަ، އެސްޑީއެފް ފަންޑުގެ ޖަމާ އިތުރު

މި އަހަރުގެ މިހާތަނަށް ލޯނުތަކަށް ދެއްކި އަދަދު މިދިޔަ އަހަރަށްވުރެ އިތުރު ކަމަށް ދައްކަ އެވެ. އަދި ކައުންސިލްތަކަށް ދޫކުރި ފައިސާ ވަނީ އިތުރުވެފަ އެވެ.

ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު

މި އަހަރުގެ ބަޖެޓުން މިހާތަނަށް ތިން ބިލިއަން ރުފިޔާ ހަރަދު ކުޑަކޮށް، ސޮވްރިން ފަންޑު (އެސްޑީއެފް) ފަހަަށް ރައްކާ ކުރާ ފަންޑުގެ ޖަމާ އިތުރުކޮށްފައިވާ ކަމަށް ދައްކައިފި އެވެ. 

މިމަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް ސަރުކާރުގެ ހަރަދާއި އާމްދަނީގެ ހިސާބުތައް ދައްކާ ގޮތުގައި މި އަހަރުގެ މިހާތަނަށް ބަޖެޓުގެ ހަރަދު ހުރީ 11 ބިލިއަން ރުފިޔާގަ އެވެ. ނަމަވެސް މިދިޔަ އަހަރުގެ މި މުއްދަތާ ހަމައަށް ހަރަދުތައް ވަނީ 14 ބިލިއަން އަށްވުރެ މަތީގަ އެވެ. އެހެންވެ މި އަހަރުގެ މިހާތަނަށް ތިން ބިލިއަން ރުފިޔާ ސަލާމަތް ކޮށްފައިވާ ކަމަށް ދައްކަ އެވެ. 

މިހާރު ސަރުކާރުގެ ހަރަދާއި އާމްދަނީގެ ހިސާބުތަކުން ދައްކާ ގޮތުގައި މި މުއްދަތުގައި ލޯނުތަކަށް 873.3 މިލިއަން ރުފިޔާ ވަނީ ދައްކާފަ އެވެ. އެކަމަކު މިދިޔަ އަހަރުގެ ލޯނު ހަރަދު ހުރީ 801.6 މިލިއަން ރުފިޔާގަ އެވެ. މިއީ މިދިޔަ އަހަރަށްވުރެ 73 މިލިއަން ރުފިޔާ ލޯނަށް ދެއްކި އަދަދު އިތުރުވުމެކެވެ. 

ސަރުކާރުގެ ހަރަދުގެ ކަރުދާސް

  •  މި އަހަރު ލޯނަށް - 873.3 މިލިއަން | މިދިޔަ އަހަރު ލޯނަށް 801.6 މިލިއަން
  •  މި އަހަރު ސޮވްރިން ފަންޑަށް - 298.9 މިލިއަން | މިދިޔަ އަހަރު 287.6 މިލިއަން
  •  މި އަހަރު ޕީއެސްއައިޕީއަށް - 1,363.0 ބިލިއަން | މިދިޔަ އަހަރު ޕީއެސްއައިޕީ 3,667.0 ބިލިއަން
  •  މި އަހަރު ކައުންސިލްތަކަށް - 562.6 މިލިއަން | މިދިޔަ އަހަރު ކައުންސިލްތަކަށް 460.7 މިލިއަން
  •  

އެސްޑީއެފް ފަންޑުގެ ޖަމާ އިތުރު

މި އަހަރުގެ މިހާތަނަށް ފަހަށް ރައްކާ ކުރާ ފަންޑު ނުވަތަ ސޮވްރިން ފަންޑަށް މި މުއްދަތުގައި 298.9 މިލިއަން ރުފިޔާ ޖަމާކޮށްފައިވެ އެވެ. މިއީ މިދިޔަ އަހަރު ޖަމާކުރި 287.6 މިލިއަން ރުފިޔާގަ އެވެ. މި އަހަރު އެސްޑީއެފްގެ ޖަމާވަނީ 77 މިލިއަން ރުފިޔާ ނުވަތަ 96 ޕަސެންޓުގެ އިތުރުވުމެކެވެ.

ޑޮލަރުން އާމްދަނީ ޖަމާ ކުރަމުންދާ ސޮވްރިން ފަންޑަށް މިހާތަނަށް ޖަމާކުރި ފައިސާގެ އަދަދު ވަނީ 33 މިލިއަން ޑޮލަރަށްވުރެ އިތުރުވެފަ އެވެ. 

ކައުންސިލްތަކަށް ދޫކުރި ފައިސާ އިތުރު

މިހާތަނަށް ކައުންސިލްތަކަށް ބްލިކް ގްރާންޓުގެ ގޮތުގައި ދިން އަދަދުވެސް މިދިޔަ އަހަރަށްވުރެ އިތުރެވެ. މިދިޔަ އަހަރު 460.7 މިލިއަން ރުފިޔާ ކައުންސިލްތަކަށް މި މުއްދަތާ ހަމައަށް ދީފައިވެ އެވެ. މި އަހަރުގެ މިހާތަނަށް ދިން އަދަދު 562.6 މިލިއަން ރުފިޔާއަށް އަރަ އެވެ. 

ކޮމެންޓް

2
450
ދަންނަ
1 week ago

ފޮނިކަނޑަންޖެހޭ ވަރެއްނޫން ތި. މިއަހަރުގެ މިހާތަނަށް ސިޔާސީ ވަޒީފާ 3510 މިދިޔައަހަރު ހުރީ 800 ގައި ބޮއް؟

ފޮނިބެ
1 week ago

ތިޔެއްދެން ފޮނިކަނޑަން ޖެހޭވަރުގެ ކަމެއްބާވަ. ހަމައެނި ޕީއެސް އައިޕީގެ ޑިފަރެންސް އަށް ބަލާލީމަވެސް ތިޔަވާގޮތް އެބަ އެނގޭ

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.