މަޖިލީސް އިންތިހާބު: ފުލުސް އޮޕަރޭޝަން ބްލޫ ޓައިޑް ފަށައިފި

މިއަދު ހަވީރު އިސްކަންދަރު ކޮށީގައި ބޭއްވި ހާއްސަ ރަސްމިއްޔާތު ގައި އޮޕަރޭޝަނަލް ފޭސް ރަސްމީކޮށް ފައްޓަވައި ދެއްވީ ކޮމިޝަނާ އޮފް ޕޮލިސް އަލީ ސުޖާއު އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ގުޅިގެން ފުލުހުން ކުރިއަށްގެންދާ "އޮޕަރޭޝަން ބްލޫ ޓައިޑް" ގެ އޮޕަރޭޝަނަލް ފޭސް ރަސްމީކޮށް ފަށައި އޮޕަރޭޝަން ބްރީފިން ދީފި އެވެ.

މިއަދު ހަވީރު އިސްކަންދަރު ކޮށީގައި ބޭއްވި ހާއްސަ ރަސްމިއްޔާތު ގައި އޮޕަރޭޝަނަލް ފޭސް ރަސްމީކޮށް ފައްޓަވައި ދެއްވީ ކޮމިޝަނާ އޮފް ޕޮލިސް އަލީ ސުޖާއު އެވެ.

ރަސްމިއްޔާތު ފައްޓަވައި ދެއްވައި ކޮމިޝަނަރު ވަނީ މިމަހުގެ 21 ވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ގައި ފުލުހުންނާއި މަތިކުރެވިފައިވާ މަސްއޫލިއްޔަތު އަދި އިންތިހާބުގެ ސެކިއުރިޓީގެ ކަންކަން ބެލެހެއްޓުމަށް ވާންޖެހޭ އެންމެހާ ތައްޔާރީތައް ވެފައިވާ ކަމަށް ވިދާޅުވެފައެވެ. އަދި ވިދާޅުވީ މި މަސައްކަތް ހަވާލުކުރެވިފައިވާ ޓީމުން ވަރަށް ފުރިހަމަ އަށް މަސައްކަތްކޮށް ދެއްވާފައިވާ ކަމަށެވެ.

އަމާން އޮމާންކަމާ އެކީ ވޯޓްލާން އަންނަ މީހުންނަށް ރައްކާތެރިކަން ކަށަވަރުވެފައިވާ އިންތިހާބެއްގެ ގޮތުގައި ފަށައި އެގޮތުގައި އިންތިހާބުގެ ކަންކަން ނިމިގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވިދާޅުވި އެވެ. އަދި މި އޮޕަރޭޝަނު ގައި ދިވެހި ފުލުހުންގެ ހިދުމަތު ގައި މަސައްކަތް ކުރާ ހުރިހާ ފުލުހުން ބައިވެރިވާ ހަރަކާތަކަށް ވުމާއެކު ކޮންމެ ފުލުހަކު އެ ފުލުހަކަށް ހަވާލު ކުރެވިފައިވާ މަސައްކަތް ވަރަށް އިހްލާސްތެރި ކަމާއެކު އަދާކުރެއްވުމަށް ސަމާލުކަން ދެއްވުމަށާއި ވޯޓުލާ މަރުކަޒުތައް ހިމެނޭ ސަރަހައްދުތަކު ގައި ހަރަކާތްތެރިވާ އިރު ވޯޓުލާން އަންނަ ފަރާތްތަކާއި މުއާމަލާތް ކުރައްވާއިރު ހިނިތުންވުމާއެކު ރީތި ބަހުން މުއާމަލާތް ކުރެއްވުމަށް ސަމާލުކަން ދެއްވުމަށް އެދިލެއްވި އެވެ.

މި ބްރީފިން އާއެކު ރައްޔިތުންގެ މަޖިލިސް އިންތިހާބާ ގުޅިގެން ފުލުހުން ހިންގާ އޮޕަރޭޝަން "ބްލޫ ޓައިޑް" ގެ އޮޕަރޭޝަން ފޭސްގެ މަސައްކަތް ތައް މުޅި ރާއްޖޭގައި ފަށާ ދިވެހި ފުލުހުންގެ ހިދުމަތުގެ އޮޕަރޭޝަނަލް ސްޓޭޓަސް އެންމެ މަތީ ދަރަޖަ ކަމަށްވާ ލެވަލް ތިން އަށް ވަނީ މަތިކުރެވިފަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.