ހުޅުމާލެ ތިނެއްގެ ބިން ހިއްކަން އިތުރު ޑްރެޖަރެއް ބޭނުން ކުރަން ފަށައިފި

އެޗްޑީސީން ބުނީ މި ފިޔަވަހީގެ ބިން ހިއްކުމުގެ މަސައްކަތުގައި މި ދެ ޑްރެޖަރު އެކުގައި ބޭނުންކުރަން ފެށުމުން މަސައްކަތް އިތުރަށް ހަލުއު ވެގެންދާނެ އެވެ.

މިއަދު އަލަށް ގެންގޮސް ބޭނުން ކުރަން ފެށި ޑްރެޖަރު

ހުޅުމާލޭގެ ތިނެއް ވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަސައްކަތް އަވަސް ކުރަން އިތުރު ޑްރެޖަރެއް ގެންގޮސް ބޭނުން ކުރަން ފަށައިފި އެވެ. 

މީގެ ކުރިން އެ ފިޔަވަހީގެ ބިން ހިއްކުމުގެ މަސައްކަތް ކުރަމުން ދިޔައީ އެއްމެ ޑްރެޖަރެއް ބޭނުން ކޮށްގެން ނެވެ. އެ ޑްރެޖަރުގެ ކެޕޭސިޓީއަކީ 12،000 ކޮޑިމީޓަރެވެ. ބިން ހިއްކުމުގެ މަސައްކަތަށް މިއަދު ގެނައި ދެވަނަ ޑްރެޖަރަށް 22،000 ކޮޑިމީޓަރުގެ ވެލި އުފުލޭނެ އެވެ. 

އެޗްޑީސީން ބުނީ މި ފިޔަވަހީގެ ބިން ހިއްކުމުގެ މަސައްކަތުގައި މި ދެ ޑްރެޖަރު އެކުގައި ބޭނުންކުރަން ފެށުމުން މަސައްކަތް އިތުރަށް ހަލުއު ވެގެންދާނެ އެވެ.

ހުޅުމާލޭގެ ތިން ވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަޝްރޫއަކީ މާލޭ ސަރަހައްދުގައި ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލުހޯދުމަށް ކުރިއަށް ގެންދާ މަޝްރޫއެކެވެ. އެޗްޑީސީން މަސައްކަތް ކުރަމުން ދަނީ ބިން ހިއްކުމުގެ މަސައްކަތް ވީހާވެސް އަވަހާ ނިންމައި، ބޯހިޔާވަހިކަމުގެ މައްސަލައަށް އަވަސް ހައްލެއް ހޯދައިދޭށެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.