ދަައުރު ކުރަމުންދަނީ އޭސީސީގެ ލިސްޓެއް ނޫން، ފޭކެއް

ޝަރުތު ހަމަނުވަނީސް ޝަރުތު ހަމަވެފައިވާ ކަމަށް ކަނޑައަޅާ ފްލެޓް ލިބޭ ލިސްޓް ގައި ހިމަނާފައިވާ މީހުންގެ ނަންތައް ކަމަށް ބުނެ ލިސްޓެއް ނެރެފައި މި ވަނީ އަންނަ އާދިއްތަ ދުވަހު މަޖިލީސް އިންތިހާބުގެ ވޯޓް ނަގާތީ އެ ދަނޑިވަޅާ ދިމާކޮށް ކަމަށް ބެލެވެ އެވެ.

ފަހި ދިރިއުޅުން ކުންފުނިން އަޅާ އަމާން އުދަރެސް ފްލެޓުތައް

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓް ދޫކުރުމާ ގުޅޭގޮތުން ސޯޝަލް މީޑިއާ ގައި މިހާރު ދައުރު ކުރަމުންގެންދާ ލިސްޓަކީ ސައްހަ ލިސްޓެއް ނޫން ކަމަށް އޭސީސީން ބުނެފި އެވެ.

މިއަދު ހެނދުން ފެށިގެން ސޯޝަލް މީޑިއާގައި ފްލެޓް ލިސްޓެއް ދަނީ ދައުރު ކުރަމުންނެވެ. އެއީ ޝަރުތު ހަމަނުވަނީސް ޝަރުތު ހަމަވެފައިވާ ކަމަށް ކަނޑައަޅާ ފްލެޓް ލިބޭ ލިސްޓް ގައި ހިމަނާފައިވާ މީހުންގެ ނަންތައް ކަމަށް ބުނެފައިވެ އެވެ. އެ ލިސްޓް ހަދާފައި ވަނީ އޭސީސީ ފަދަ މުއައްސަސާތަކުން އެފަދަ ލިޔުންތައް ތައްޔާރު ކުރާ ގޮތަށެވެ. ލިސްޓް ގައި "ސިއްރު" މިހެން ވެސް ޖަހާފައިވެ އެވެ.

އޭސީސީން ބުނީ ދައުރު ކުރަމުންދާ ލިސްޓަކީ ކޮމިޝަންގެ ލިސްޓެއް ނޫން ކަން ބެލި ބެލުމުން އެނގިފައިވާ ކަމަށެވެ. އަދި އެކަމާއި ގުޅިގެން އިތުރަށް ބަލަންް ޖެހޭ ކަންކަން ބަލާނެ ކަމަށާ އަޅަން ޖެހޭ ފިޔަވަޅުތައް ވެސް އަޅާނެ ކަމަށެވެ.

އެ ކޮމިޝަނުން ވަނީ ކޮމިޝަންގެ މަސައްކަތްތަކަށް އެއްވެސް މީހެއް / ބައެއްގެ ނުފޫޒެއް ނޯންނަނެ ކަމުގެ ފުރިހަމަ ޔަގީން ދޭ ކަމަށް ވެސް ބުންޏެވެ.

ޝަރުތު ހަމަނުވަނީސް ޝަރުތު ހަމަވެފައިވާ ކަމަށް ކަނޑައަޅާ ފްލެޓް ލިބޭ ލިސްޓް ގައި ހިމަނާފައިވާ މީހުންގެ ނަންތައް ކަމަށް ބުނެ ލިސްޓެއް ނެރެފައި މި ވަނީ އަންނަ އާދިއްތަ ދުވަހު މަޖިލީސް އިންތިހާބުގެ ވޯޓް ނަގާތީ އެ ދަނޑިވަޅާ ދިމާކޮށް ކަމަށް ބެލެވެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.