މިއީ ސަރުކާރުން ތަފާތު ކުޅިވަރުތައް ކުރިއެރުވުމަށް ހާއްސަ އިސްކަމެއް ދީގެން ކުރިއަށް ގެންދާ މަޝަރޫ އެކެވެ. މި މަޝްރޫއުގެ މައިގަނޑު މަގްސަދަކީ މޮޓޯ ސްޕޯޓްސް އަށް އެކަށޭނެ ސަރަހައްދެއް ނެތުމެވެ.
ރޭސިން އަދި ޑްރިފްޓް ސްޕޯޓްސް އެރީނާއެއް ތަރައްގީ ކުރަން ސްޕޯޓްސް މިނިސްޓަރާއި އެޗްޑީސީ އާދެމެދު އެއްބަސްވުމުގައި ސޮއި ކޮށްފި އެވެ.
އެޗްޑީސީގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސް ވުމުގައި ސޮއި ކޮށްފައި ވަނީ ސްޕޯޓްސް މިނިސްޓްރީގެ ފަރާތުން މިނިސްޓަރު އަބްދުﷲ ރާފިއު އެވެ. އެޗްޑީސީގެ ފަރާތުން މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދެވެ.
މިއީ ސަރުކާރުން ތަފާތު ކުޅިވަރުތައް ކުރިއެރުވުމަށް ހާއްސަ އިސްކަމެއް ދީގެން ކުރިއަށް ގެންދާ މަޝަރޫ އެކެވެ. މި މަޝްރޫއުގެ މައިގަނޑު މަގްސަދަކީ މޮޓޯ ސްޕޯޓްސް އަށް އެކަށޭނެ ސަރަހައްދެއް ތަރައްގީކުރެވިފައި ނުވާތީ ދިމާވާ ދަތިތަކަށް ހައްލު ހޯދައިދިނުމެވެ.
ރޭސިން އަދި ޑްރިފްޓް ސްޕޯޓްސް އެރީނަ ތަރައްގީ ކުރުމުން ރައްކާތެރި ގޮތެއްގައި މޮޓޯ ސްޕޯޓްސް ގެ ހަރަކަތްތައް ކުރިއަށް ގެންދިއުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.
ޒުވާނުންނަށް ތަފާތު ކުޅިވަރުތަކުގައި ބައިވެރިވުމުގެ ފުރުސަތު ހޯދައިދީ، ހުނަރު ތަރައްގީ ކުރުމަށް އެހީތެރިވުމަކީ އެޗްޑީސީ އިން އަބަދު ވެސް އިސްކަން ދޭ ކަމެކެވެ.
މިދިޔަ ސަރުކާރުންވެސް ރޭސިން އަދި ޑްރިފްޓް ސްޕޯޓްސް އެރީނާއެއް ހަދަން ސޮއިކުރި އެވެ. ނަމަވެސް އޭގެ އެއްވެސް އަމަލީ މަސައްކަތެއް ފަަށާފައެއް ނުވެ އެވެ.