ދިއްގަރުގައި 75 ހައުސިން ޔުނިޓް އަޅަން އެމްޓީސީސީއާ ހަވާލުކޮށްފި

ކޮންމެ ހައުސިން ޔުނިޓެއްގައި ތިން ކޮޓަރި އާއި ތިން ފާހަނާގެ އިތުރުން ސިޓިންގް ރޫމާއި ބަދިގެ، ކާގެ، ލޯންޑްރީ އަދި ސްޓޯރޫމް ހިމެނޭނެ އެވެ.

ދިއްގަރުގައި 75 ހައުސިން ޔުނިޓް އަޅަން އެމްޓީސީސީއާއެކު ހައުސިން މިނިސްޓްރީން މިއަދު ސޮއިކުރި ރަސްމިއްޔާތު --

މ. ދިއްގަރުގައި 75 ހައުސިން ޔުނިޓް އެޅުމަށް މިއަދު އެމްޓީސީސީއާ ހަވާލުކޮށްފި އެވެ.

މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޕާމަނަންޓް ސެކްރެޓަރީ ޒީނިޔާ އަހުމަދު ހަމީދެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ސީއީއޯ އަބްދުﷲ ޒިޔާދެވެ.

ހައުސިން މިނިސްޓްރީން ބުނީ މި އެއްބަސްވުމުގެ ދަށުން ދިއްގަރުގައި އަޅަން ނިންމާފައި ވަނީ 1000 އަކަފޫޓުގެ 75 ހައުސިން ޔުނިޓް ކަމަށެވެ. 

ކޮންމެ ހައުސިން ޔުނިޓެއްގައި ތިން ކޮޓަރި އާއި ތިން ފާހަނާގެ އިތުރުން ސިޓިންގް ރޫމާއި ބަދިގެ، ކާގެ، ލޯންޑްރީ އަދި ސްޓޯރޫމް ހިމެނޭނެ އެވެ.

މި މަޝްރޫއުގެ އަގަކީ 117.9 މިލިއަން ރުފިޔާ އެވެ. މި މަސައްކަތް ހަވާލުކޮށްފައި ވަނީ 420 ދުވަހުގެ ތެރޭ ނިންމާ ގޮތަށެވެ. މިއީ ސަރުކާރުގެ މި އަހަރުގެ ޕީއެސްއައިޕީ ބަޖެޓުން ހަރަދުކުރާ މަޝްރޫއުއެކެވެ.

މ. ދިއްގަރު މ. އަތޮޅު ދިއްގަރަކީ ކުޑަކުޑަ ރަށެކެވެ. މިރަށުގެ އާބާދީއަކީ 2020 ގެ ނިޔަލަށް 702 ފިރިހެނުންނާއި 714 އަންހެނުންނާއެކު ޖުމްލަ 1416 މީހުންނެވެ. މި ރަށުގެ މައިގަނޑު މަސައްކަތަކީ މަސްވެރިކަމެވެ. މިއި ރާއްޖޭގެ މަޝްހޫރު ރިހާކުރު ކައްކައި ބާޒާރަށް ނެރެން އެންމެ މަޝްހޫރު އެއް ރަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.