ހިޔާ ފްލެޓުގަ އިތުރު ލިފްޓް ހަރުކުރުމުގެ އަމަލީ މަސައްކަތް ފަށައިފި

ހިޔާ ފްލެޓަކީ އެއްފަހަރާ 40،000 މީހުން ދިރިއުޅޭ ތަނެކެވެ. މިތަނުގައި ހަރުކުރާ ފިލްޓްތަކާއެކު އަރައި ފޭބުމަށް ބޮޑު ފަސޭހައެއް ލިބިގެންދާނެ އެވެ.

ހިޔާ ފްލެޓުގެ އަމަލި މަސައްކަތް ހައުސިން މިނިސްޓަރު ހައިދަރު ފައްޓަވައި ދެއްވުމަށްފަހު ވާހަކަ ދައްކަވަނީ -- -- ޔާމިން މުހައްމަދު / މިރާ

ރާއްޖޭގެ އެންމެ ބޮޑު އާބާދީއެއް އެއްތަނެއްގައި ދިރިއުޅެމުން ގެންދާ ހިޔާފްލެޓުތަކުގައި އިތުރު 32 ފިލްޓް ހަރުކުމުގެ އަމަލީ މަސައްކަތް ފަށައިފި އެވެ. 

ހުޅުމާލެ ދެވަނަ ފިޔަވަހި ނުވަތަ ހިޔާ އަވަށުގައި ބޭއްވި ރަސްމިއްޔާތެއްގައި ފްލެޓުތައް ހަރުކުރުމުގެ މަސައްކަތް ފައްޓަވައި ދެއްވީ ހައުސިން މިނިސްޓަރު ޑރ. އަލި ހައިދަރު އެވެ. ގާތްގަނޑަކަށް 35،000 އެއްހާ މީހުން ދިރިއުޅޭ 7،000 ފްލެޓު ހިމެނޭ ހިޔާ ފްލެޓުތަކުގައި އިތުރު ލިފްޓްތަކެއް ހަރުކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެމްޕޭން ވައުދެކެވެ. 

ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު ވިދާޅުވީ މި މަަސައްކަތްތަކީ ރިޔާސީ ވައުދެއް ކަމަށާ މި މަސައްކަތް އަހަރެއްހާ ދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށެވެ. 

" މަސައްކަތް ކުރިއަށްދާއިރު ކޮންމެވެސް ވަރެއްގެ ދަތިތަކާ މިތަނުގައި އުޅޭ ބޭފުޅުންނަށް ކުރިމަތިވެދާނެ. އެހެންވެ އެންމެހައި ބޭފުޅުންގެ އެއްބާރުލުމަށް އެދެން. އަޅުގަނޑުމެން މިކަން ކުރަން ޖެހުނީ މިފަދަ ބޮޑު އިމާރާތެއްގައި އެކަށީގެންވާ ވަރަށް ލިފްޓް ނެތުމުން. އިރާދުކުރެއްވިއްޔާ ދެން ހެލޭ ފްލެޓުތަކުގައި މިކަން ހައްލުވާނެ. ބަލި މީހުން އުފުލޭ ލިފްޓްވެސް ހުންނާނެ،" ހައިދަރު ވިދާޅުވި އެވެ. 

މި ރަސްމިއްޔާތުގައި ހުޅުމާލެ ބަލަހައްޓާ ހައުސިން ޑިވްލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދުގެ ވިދާޅުވީ އެ ކުންފުނިން އަބަދު ވެސް މަސައްކަތް ކުރާނީ ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންގެ ލާބައާއި މަންފާއަށް ކަމަށާ އެ ކުންފުނީގެ މުވައްޒަފުން އަބަދުވެސް އެ މަސައްކަތުގައި ދެމިތިބޭނެ ކަމަށެވެ. އަދި ކުރިއަށް އޮތް މުއްސަތަގުބަލުގައި ސަރުކާރުގެ ސިޔާސަތުގެ ތެރޭގައި ހިމެނޭ ބޯހިޔާވަހިކަމުގެ މަސައްކަތްތަކާއި މި ނޫން ވެސް އިތުރު މަސައްކަތް ތަކެއް ފެށިގެންދާނެ ކަމަށެވެ. 

އޭނާ ވިދާޅުވީ ހުޅުމާލެ ހިޔާއަށް މިވަގުތު ދިމާވެފައިވާ މައްސަލަ ހައްލު ކުރަން ފެށިގެންދާ މި މަސައްކަތުގެ އަލީގައި ހުޅުމާލޭގައި ހުރި މިފަދަ ގިނަ މަސައްކަތް ތަކެއް ވެސް ފެށިގެންދާނެ ކަމަށެވެ. 

"ކުރިއަށް އޮތް ދުވަސްތަކުގައި ޕްލޭނިން ނިންމާފައި ހުރި ކަންކަން ނިމިގެންދާއެކު ގިނަ ކަންކަމަށް ހައްލު ވެގެންދާނެ،" ފަޒުލް ވިދާޅުވި އެވެ. 

ހިޔާ ފްލެޓުތައް - ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އިމާރާތްކުރަން ފެށި ހިޔާ ފްލެޓްތަކުގައި މީހުން ދިރިއުޅެން ފެށީ އޭޕްރީލް 2022 ގަ އެވެ. މިތަނުގައި 40،000 މީހުން ދިރިއުޅެ އެވެ. ހިޔާ ފްލެޓުތަކުގައި 25 ބުރީގެ 16 ޓަވަރު ހުރެ އެވެ. ހިިޔާ ފްލެޓުގައި ލިފްޓް ހަރުކުރުމުގެ މަސައްކަތް ކުރަނީ ޗައިނާގެ ޝެންޔެންގް ޔުއަންޑާ އިންޓެލެކްޗުއަލް އިންޑަސްޓްރީ ގްރޫޕް ކޯ ކުންފުނިންނެވެ. މި މަސައްކަތް ކުރަން މި އަހަރުގެ ބަޖެޓުގައި ހިޔާގެ 200 މިލިއަން ރުފިޔާ ކަނޑައަޅާފައިވެ އެވެ. ހަރުކުރާ ލިފްޓްތަކުގެ ތެރޭން އެއް ލިފްޓަކީ ބަލިމީހުން އަރުވައި ބޭލޭ ގޮތަށް ސްޓްރެކްޗާ އެރުވޭ ވަރުގެ ބޮޑު ލިފްޓެކެވެ. އަދި އަނެއް ލިފްޓަކީ އެއްފަހަރާ 14 މީހުންނަށް އެރޭވަރުގެ ބޮޑު ލިފްޓެކެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.