މުސްތަގުބަލަށްޓަކާ ހޮވަންވީ ކޮންގްރެސްގެ ކެންޑިޑޭޓުން، ތަޅާފޮޅާނެ ބަޔަކު ނުހޮވާ: ރައީސް

ކޮންގްރެސްގެ ކެންޑިޑޭޓުން ނިކުމެ ތިބީ ތަަރައްގީއާ ކުރިއެރުމާއި ހަމަޖެހުން ގާއިމު ކުރުމަށް ކަމުން ތަޅާފޮޅުމާ ކޯޅުމަށް ތައްޔާރުވެ ތިބި ބަޔަކު މަޖިލީހަށް ވަދަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު

މިހާރާއި މުސްތަގުބަލަށްޓަކައި ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހަށް ކޮންގްރެސް ޕާޓީގެ ކެންޑިޑޭޓުން އިންތިހާބު ކޮށް ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

މާލެ ސިޓީގެ ހެންވޭރު ގައި މިރޭ އޮތް ކެމްޕެއިން ހަރަކާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ގައި ނިންމަން ޖެހޭ ނިންމުމަކީ އާދައިގެ ނިންމުމެއް ނޫން ކަމަށެވެ. އެއީ ސަމާސާ ނިންމުމެއް ނޫން ކަމަށް ވެސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މަޖިލީސް އިންތިހާބު ގެ ނިންމުމަކީ ގައުމީ ނިންމުމެއް ކަމަށާ އެއީ މަސްލަހަތާއި ކުރިމަގަށްޓަކައި ނިންމަން ޖެހޭ ނިންމުމެއް ކަމަށެވެ. އެދިވަޑައިގަތީ މިހާރަށްޓަކާ އަދި މުސްތަގުބަލަށްޓަކާ ރަނގަޅު ނިންމުން ނިންމެވުމަށެވެ. އެ ނިންމުމަކީ ކޮންގްރެސްގެ ކެންޑިޑޭޓުންނަށް ވޯޓްދީ އިންތިހާބު ކުރުން ކަމަށް ވިދާޅުވި އެވެ.

"އެކަން އެގޮތަށް ކޮށް ދެއްވުމަކީ އަޅުގަނޑުމެން އަޅުގަނޑުމެންނަށް ކޮށް ދޭ ކަމަކަށް،"

ރައީސް މިރޭ ވެސް ވިދާޅުވީ މަޖިލީހަކީ ރައްޔިތުންގެ ވިންދާ އެއްގޮތަށް މަސައްކަތް ކުރާ މަޖިލީހަށް ވެއްޖެނަމަ ހުރިހާ ވައުދުތަކެއް ފުއްދަވާނެ ކަމަށެވެ. ތަރައްގީގެ މަޝްރޫއުތަަކަށް މަޖިލީހުން ހުރަސް އެޅޭނެ ކަމަށާ ބަޖެޓްގައި ނުހިމެނޭ ނަމަ މަޝްރޫއުތައް ނުހިންގޭނެ ކަމަށް ވިދާޅުވި އެވެ. އަދި ގާނޫނުތަކަށް ގެންނަން ޖެހޭ މުހިންމު ބަދަލުތައް އެބަހުރި ކަމަށާ އެކަންކަން ކުރެވޭނީ ވެސް މަޖިލީހުގެ އެހީތެރިކަން ލިބިގެން ކަމަށް ރައީސް ވިދާޅުވި އެވެ.

ކޮންގްރެސްގެ ކެންޑިޑޭޓުން ނިކުމެ ތިބީ ތަަރައްގީއާ ކުރިއެރުމާއި ހަމަޖެހުން ގާއިމު ކުރުމަށް ކަމަށާ އެހެން ކަމުން ތަޅާފޮޅުމާ ކޯޅުމަށް ތައްޔާރުވެ ތިބި ބަޔަކު މަޖިލީހަށް ވަދަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.