ޖޭމުދޮންކަމަނަގެ އަލީ ސަލީމް ނިޔާވެއްޖެ

ދިވެހީންގެ މެދުގައި ވަރަށް ބޮޑު މަގުބޫލު ކަމަކާއި މަޝްހޫރު ކަމެއް ހޯދި ޖޭމު ދޮންކަމަނަގެ އަލީ ސަލީމް ނިޔާވީ ކުއްލި ގޮތަކަށެވެ. އުމުރުން 64 އަހަރު ގައެވެ.

އަލީ ސަލީމް އަދި އޭނާގެ މަންމަ -- ކުޅަދާނަ ލަވަކިޔުންތެރިޔާ ޖޭމު ދޮންކަމަނަ

ރާއްޖޭގައި އުފެދުނު އެންމެ ކުޅަދާނަ ލަވަކިޔުންތެރިންގެ ތެރޭގައި ހިމެނޭ ޖަމީލާ ސަލީމް (ޖޭމު ދޮންކަމަނަ) ގެ ދޮށީ ފިރިހެން ދަރިފުޅު އަލީ ސަލީމް މިއަދު ނިޔާވެއްޖެ އެވެ.

ދިވެހީންގެ މެދުގައި ވަރަށް ބޮޑު މަގުބޫލު ކަމަކާއި މަޝްހޫރު ކަމެއް ހޯދި ޖޭމު ދޮންކަމަނަގެ އަލީ ސަލީމް ނިޔާވީ ކުއްލި ގޮތަކަށެވެ. އުމުރުން 64 އަހަރު ގައެވެ.

އޭނާގެ ޖަނާޒާ އޮތީ މިރޭ މަޣުރިބު ނަމާދަށް ފަހު ހުޅުމާލެ ސަހަރާ މިސްކިތް -- މަސްޖިދު ޒައިދު ބިން ސާބިތު ގައެވެ.

ޖޭމު ދޮންކަމަނަ -- މަރްހޫމް ޖަމީލާ ސަލީމް -- ޖޭމު ދޮންކަމަނަ އަކީ ރާއްޖޭގައި އުފެދުނު އެންމެ ކުޅަދާނަ ލަވަކިޔުންތެރީންގެ ތެރޭގައި ހިމެނޭ ފަންނާނެކެވެ. އޭނާގެ އެންމެ ހާއްސަ ކަމަކީ އަމިއްލައަށް ކޮއްޓާފޮށިން ރާގު ކުޅެމުން ލަވަ ކިޔުމެވެ. މިއުޒިކު ޝޯތައް ބޭއްވުމަށް ރާއްޖޭގެ ހުރިހާ ރަށަކަށް ހެން އޭނާ ދަތުރުކޮށްފައި ވުމުން ދިވެހީންގެ ތެރޭގައި ވަރަށް ބޮޑު މަގުބޫލު ކަމެއް ލިބިފައި އޮތެވެ. ޖޭމު ދޮންކަމަނަ އަކީ ވަރަށް ކުޅަދާނަ ޅެންވެރި އެކެވެ. ގިނައިން ކިޔާފައިވަނީ އަމިއްލައަށް ހަދާފައިވާ ޅެންތަކެވެ. އޭނާގެ ޅެންތަކުގެ ތެރެއިން އަދިވެސް ފަނޑުކަމެއް ނާންްނަ އެއް ޅެމަކީ "އޭ ބަޅިދާ މާބުރާ ކޮކާލާ" މި ޅެމެވެ. އަމިއްލައަށް ވަރަށް ގިނަ ރާގުތައް ވެސް އުފައްދާފައިވެ އެވެ. ޖޭމު ދޮންކަމަނަ ނިޔާވީ އުމުރުން 63 އަހަރު ގައި 1991 ވަނަ އަހަރު އެވެ. ނިޔާވިއިރު ދެ ފިރިހެން ކުދީންނާއި އަންހެން ކުއްޖަކު ދުނިޔޭގައި ހުއްޓެވެ.

ކޮމެންޓް

1
450
ޗޮޕޭ
1 week ago

މަޢުލޫމާތު ގޯސް. މަރްޚޫމް އަލީ ސަލީމް އަކީ ޖަމީލާ ސަލީމްގެ އެންނެ ހަގު ދަރިކަލުން.

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.