ނަހުލާއަށް ކޮރަޕްޝަނުގެ ތުހުމަތު ކުރާ މައްސަލައެއް ފެންމަތިކޮށްފި

ވިލިމާލޭގައި ހޭންޑުބޯލް ކޯޓެއް އަޅާ ކުންފުންނިން ފައިސާދޭން ބުނެ ކައުންސިލަރު ނަހުލާ އިންޒާރު ދޭ މައްސަލަ އާއި، އެއްބާރުލުން ނުދޭ މައްސަލަ އޭސީސީ އާއި ސިޓީ ކައުންސިލް އަދި މިނިސްޓްރީއަށް ވަނީ އަންގާފަ އެވެ.

ވިލިމާލެ ދާއިރާގެ މާލެ ސިޓީ ކައުންސިލް މެމްބަރު ނަހުލާ އަލީ

ވިލިމާލޭގައި ހޭންޑްބޯލް ކޯޓެއް އަޅަން ހަވާލު ކޮށްފައިވާ "ސެލްކޫތު" ކުންފުންނިން ކޮރަޕްޝަނުގެ ގޮތުގައި ފައިސާ ހޯދަން ވިލިމާލެ ދާއިރާގެ މާލެ ސިޓީ ކައުންސިލް މެންބަރު ނަހުލާ އަލީ އިންޒާރު ދޭ ކަމަށް ބުނެ ތުހުމަތުތަކެއް ކުރާ މައްސަލައެއް ފެންމަތި ކޮށްފި އެވެ.

ސެލްކޫތު އާއި މާލެ ސިޓީ ކައުންސިލާ ދެމެދު ހޭންޑްބޯލް ކޯޓް އެޅުމުގެ އެއްބަސްވުމާ ގުޅުންހުރި ހުރިހާ ކަމެއްގައި މުއާމަލާތް ކުރެއްވި ކައުންސިލަރު ނަހުލާ، އެ މަސައްކަތަށް އެއްބާރުލުން ނުދެއްވާތީ އާއި، މަސައްކަތް ކުރިއަށް ގެންދަން ބޭނުންވާނަމަ ކޮރަޕްޝަނުގެ ގޮތުގައި ފައިސާ ދޭން އެދި އިންޒާރުދޭ ކަމަށް ބުނާ މައްސަލަ ސިޓީ ކައުންސިލާއި އޭސީސީ އަދި މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަމެންޓް މިނިސްޓްރީއަށް ހުށަހަޅާފައި ވެއެވެ. 

ސެލްކޫތު ކުންފުނީގެ ސިޓީގެ ކޮޕީއެއް "މިރާ" ވެސް އަށް ލިބިފައި ވެއެވެ. އެކަމާ ގުޅިގެން ކައުންސިލަރު ނަހުލާއަށް ފޯނުން ގުޅައި މެސެޖު ކުރުމުން ވެސް ޖަވާބެއް ދެއްވާފައެއް ނުވެ އެވެ. 

"... މި ޕްރޮޖެކްޓް ކުރިއަށް ގެންދިއުމަށް ވަރަށް ގިނަ މަސައްކަތްތަކެއްކޮށް، ހަރަދުތަކެއް ކުރެވިފައި ވާތީ، މި ޕްރޮޖެކްޓު ކުރިއަށް ނުގެންދެވި ހުއްޓާލަން ޖެހިއްޖެ ނަމަ އަޅުގަނޑުމެންނަށް އަގު ނުކުރެވޭ ފަދަ ގެއްލުމެއް ކުރިމަތި ވާނެއެވެ." ސެލްކޫތުގެ ސިޓީގައި ބުނެ އެވެ. 

ސީއެސްއާރު ޕްރޮޖެކްޓެއްގެ ގޮތުގައި، ވިލިމާލޭގައި ހޭންޑްބޯލް ކޯޓެއް އެޅުމަށް އެއްބަސްވެ، އެކަމަށް ބިމެއް ހަމަޖައްސަން އެ ދެ ފަރާތުގެ މެދުގައި އެއްބަސްވީ ސެޕްޓެމްބަރު 26، 2023 ގަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.