ފަހި ދިރިއުޅުން ފްލެޓުގެ މުހިންމު ވަސީލަތްތަކަށް ފައިސާ ހަމަޖައްސާފައެއް ނެތް

ހަމްދާން ވިދާޅުވީ މުހިންމު ވަސީލްތައް ގާއިމް ކުރަން ފައިސާ ހަމަޖައްސާފައި ނެތް ކަމަށެވެ. އެހެންވެ މި ވަސީލްތައް ގާއިމް ކުރަން ބޭނުންވާ 400 މިލިއަން ސަރުކާރުން ހޯދަމުންދާ ކަމަށެވެ.

އެފްޑީސީގެ އެމްޑީ ހަމްދާން ޝަކީލް

ފަހި ދިރިއުޅުން ފްލެޓުތަކަށް މީހުން ވަނުމުގެ ކުރިން ގާއިމް ކުރަން ޖެހޭ މުހިންމު ހިދުމަތްތަކަށް ބޭނުންވާ ފައިސާ ކުރީ ސަރުކާރުން ހަމަޖައްސާފައި ނުވާ ކަމަށް ފަހި ދިރިއުޅުން ކުންފުނިން ބުނެފި އެވެ. 

އިންޑިއާ ސަރުކާރުން ބޮޑު ލޯނެއް ނަގައިގެން ހަދަމުން ފެށި 4،000 ފްލެޓުގެ މަސައްކަތުގެ އަޕްޑޭޓެއް ދެއްވަމުން މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް ވިދާޅުވީ މި ފްލެޓުތަކުގެ މުހިންމު ހިދުމަތްތަކަަށް ފައިސާ ހަމަޖައްސާފައި ނެތް ކަމަށާ، އެހެންކަމުން ސަރުކާރުގެ ތެރެއިން އެކަމަށް ފައިސާ ވެސް ހޯއްދަވަމުން ގެންދަވާ ކަމަށެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ނިންމި މި މަޝްރޫއުގެ ދާއިރާގައި ޓަވަރުތައް ޕަވާ ގްރިޑާ ގުޅުވައި، ސެކިއުރިޓީ ސިސްޓަމްތަކާއި ޓަވަރުތަކާއި ކުއްޔަށް ދިރިއުޅޭ މީހުނަށް އިންޓަނެޓާއި އެހެނިހެން މީޑިއާ ކަނެކްޝަން ކުރެވޭނެ ޖީޕީއޯއެން ނެޓްވޯކުގެ އިތުރުން ކުނި ނައްތާލުން ފަދަ މުހިއްމު ހިދުމަތްތަކާއި ވަސީލަތްތަކާއި ލޭންޑްސްކޭޕިން މަސައްކަތްތަކަށް ފައިސާ ހަމަޖައްސާފައި ނުވެ އެވެ. މިކަމަށް އިތުރު 454.5 މިލިއަން ބޭނުންވާ ކަމަށާ އެ ފައިސާ ސަރުކާރުން ހޯދުމުގެ މަސައްކަތްވެސް ކުރަމުން އަންނަ ކަމަށް ހަމްދާން ވިދާޅުވި އެވެ.

ފްލެޓުގެ ނުނިންމާ ހުރި މަސައްކަތްތައް

  • ޕަވާ ގްރިޑް ގުޅުމުގެ މަސައްކަތް
  • ސެކިއުރިޓީ ސިސްޓަމްތަކާއި ކެމެރާ
  • ލޭންޑްސްކޭޕިންގެ މަސައްކަތްތައް
  • ޖީޕީއޯއެން ނެޓްވޯކިންގެ މަސައްކަތް

ފަހި ދިރިއުޅުން ފްލެޓުތަކަކީ އިންޑިއާއިން ދެ ބިލިއަން ރުފިޔާ ލޯނެއް ނަގައިގެން ހަދާ ޓަވަރުތަކެވެ. އެތަންތަން ނިންމަނީ އިންޑިއާގެ ދެ ކުންފުނިންނެވެ. 

ފްލެޓުގެ މަސައްކަތް ބޮޑުތަނުން ހަލުވިކޮށްފި

ބޭނުންވާ އެ ފައިސާ ހޯދުމަށް މި އިތުރު މަސައްކަތްތަކަށް ފައިނޭންސް ހޯދުމަށް ސަރުކާރާއެކު އެފްޑީސީން ދަނީ މަސައްކަތް ކުރައްވަމުންދާ ކަމަށް ހަމްދާން ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ ފްލެޓަށް ބޭނުންވާ މުހިންމު ވަސީލަތް ގާއިމް ކުރަން ބޭނުންވާ ފައިސާ ނެތް ނަމަވެސް ފްލެޓު ނިންމަން ކުރަން ޖެހޭ މަސައްކަތް އެ ކުންފުނިން ހަލުއި ކަމާއެކު ކުރަމުން ގެންދާ ކަަމަށެވެ. މިގޮތުން ގެނެވުނު ބަދަލާއެކު ފްލެޓުގެ މަސައްކަތް ބޮޑުތަނުން ހަލުއި ކޮށްފައިވާ ކަމަށެވެ.

ހަމްދާން ވިދާޅުވީ އެފްޑީސީން ހުޅުމާލެ ދެވަނަ ފިޔަވަހީގައި އަޅަމުން ގެންދާ 4،000 ފްލެޓުގެ މަސައްކަތް ކުރިއާ އަޅާބަލާއިރު ބޮޑުތަނުން ހަލުއި ކޮށްފައިވާ ކަމަށެވެ. އެގޮތުން ކުރީގެ ވެރިކަމުގައި 22 މަސް ދުވަސް - ގާތްގަނޑަކަށް ދެ އަހަރުން އެޅިފައިވަނީ ޖުމްލަ 216 ސްލެބް ފްލޯ އެވެ.

އެކަމަކު މި ސަރުކާރުން މި ފްލެޓުތަކާ ހަވާލުވެ ހަތަރު މަސްތެރޭ ޖުމްލަ 192 ސްލެބް ނުވަތަ ފްލޯ ހަދާފައިވާ ކަމަށެވެ. ކޮންސްޓްރަކްޝަން ޝެޑިއުލަށް ގެނެސް އޮޕްޓިމައިޒްކޮށް، ވަސީލަތްތަކާއި އެހެނިހެން ހިދުމަތްތަކަށް ގެނެވުނު ބަދަލާއެކު މަހަކު އަޅާ އަދަދު 10 ފްލޯއިން 48 ފްލޯއަށް އިތުރު ކޮށްފައިވާ ކަމަށެވެ. 

އެފްޑީސީ - އެފްޑީސީއަކީ ސަރުކާރުގެ 100 ޕަސެންޓް ހިއްސާވާ ކުންފުންޏެކެވެ. މި ކުންފުނިން މިހާރު ކުރާ މަސައްކަތަކީ ހުޅުމާލޭގައި 4،000 ފްލެޓު އެޅުމުގެ މަަސައްކަތެވެ. އެ މަސައްކަތުން އަތް ދޫކޮށްލަން އެ ކުންފުނިން މަސައްކަތް ކުރަނީ އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރުގަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.