ސިޓީ ކައުންސިލަކަށް ބަދަލުވުމުން ތިނަދޫ ކައުންސިލުން އަލުން ހުވާ ކޮށްފި

ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދީފައި ވަނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި އޮގަސްޓް 30، 2023 ގައެވެ.

ތިނަދޫ ސިޓީ ކައުންސިލުން ރޭ އާ މަގާމުތަކުގެ ހުވާ ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ: ތިނަދޫ ސިޓީ ކައުންސިލް

ގދ. ތިނަދޫ ކައުންސިލް ސިޓީ ކައުންސިލަކަށް ބަދަލުވުމާ ގުޅިގެން އެ ކައުންސިލްގެ މެންބަރުން އާ މަގާމުތަކަށް ހުވާ ކުރައްވައިފި އެވެ.

ތިނަދޫ ކައުންސިލް، ސިޓީ ކައުންސިލަކަށް ބަދަލުވެފައި ވަނީ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތަސްދީގު ކުރެއްވުމާ ގުޅިގެން މިދިޔަ މަހުގެ 26 ވަނަ ދުވަހު އެވެ.

އިސްލާހު ގެނެސްފައި ވަނީ އެ ގާނޫނުގެ 51 ވަނަ މާއްދާގެ ށ އިން ފެށިގެން ކ އާ ހަމައަށެވެ. އިސްލާހުގައި ވާގޮތުން ސިޓީއެއްގެ ދަރަޖަ ހޯދުމަށް އެދި ހުށަހަޅާއިރު އެ ރަށް ނުވަތަ ރަށްތައް ތަމްސީލުކުރާ ކައުންސިލްގެ ދައުރު ހަމަވުމަށް އެއް އަހަރަކަށް ވުރެ ދިގު މުއްދަތެއް އޮތްނަމަ އެ ރަށް ނުވަތަ ރަށްތަކަކީ ސިޓީއެއް ކަމުގައި ކަނޑައަޅައި ސިޓީއަކަށް ބަދަލުވާނެ ކަމަށް ބަޔާންކޮށްފައިވެ އެވެ.

ތިނަދޫ ރަށު ކައުންސިލަށް ސިޓީއެއްގެ ދަރަޖަ ލިބުމުން އެ ކައުންސިލުން ރޭ ވަނީ އާ މަގާމުތަކުގެ ހުވާ ކުރުމުގެ ރަސްމިއްޔާތު ބާއްވާފަ އެވެ. މި ރަސްމިއްޔާތުގައި ރަށު ކައުންސިލްގެ ރައީސްގެ މަގާމުގައި ހުންނެވި ސައުދު އަލީ ވަނީ މޭޔަރުގެ މަގާމަށް ހުވާ ކުރައްވާފަ އެވެ. އަދި ނައިބު ރައީސްގެ މަގާމުގައި ހުންނެވި ނަސްރުﷲ އަލީ ވަނީ ޑެޕިއުޓީ މޭޔަރުގެ މަގާމުގެ ހުވާ ކުރައްވާފަ އެވެ.

އޭގެ އިތުރުން ސިޓީ ކައުންސިލް މެމްބަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ މެމްބަރުން ވެސް ވަނީ މަގާމުގެ ހުވާ ކޮށް، އިގުރާރުގައި ސޮއިކޮށްފަ އެވެ.

ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދީފައި ވަނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި އޮގަސްޓް 30، 2023 ގައެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.