ގާޒާއަށް ބޭހާއި އެހީ ވައްދަން އިޒުރޭލުން ދަނީ ހުރަސް އަޅަމުން: އދ

އެހީ ވެއްދުން ހުއްޓުވާ ހުރަސް އަޅާއިރު އިޒުރޭލުން ވަނީ ވޯލްޑް ސެންޓްރަލް ކިޗަންގެ މަސައްކަތްތެރިންނަށް ހަމަލާދީ އެ ޖަމާއަތުން ބަޔަކު ވަނީ މަރާފަ އެވެ.

އިޒްރޭލުން ގެންދަނީ ފަލަސްތީނަށް ކޮންމެހެން ވައްދަން ޖެހޭ ކާބޯތަކެއްޗަށް ވެސް ހުރަސް އަޅަމުން

ފަލަސްތީނުގެ ގާޒާއަށް ބޭހާއި އެހެނިހެން އެހީ ވައްދަން ހުއްޓާ ނުލައި އިޒްރޭލުން އަދިވެސް ހުރަސް އަޅަމުން ގެންދާ ކަމަށް އދ. އިން ބުނެފި އެވެ.

އދ. ގެ އިންސާނީ ހައްގުތަކާބެހޭ އޮފީހުގެ ތަރުޖަމާނު ރަވީނާ ވިދާޅުވީ ޣާޒާއަށް ވައްދައި ދޭން ކޮންމެހެން ވެސް ޖެހޭ އިންސާނީ އެހީ ވައްދަން ފުރުސަތު ނުދީ އިޒްރޭލުން ހުރަސް އެޅުން ހުއްޓާ ނުލާ ކަމަށާއި ހާލުގައި ޖެހިފައި ތިބި ރައްޔިތުންނަށް ފޯރު ކޮށްދޭން ޖެހޭ ޒަރޫރީ ބޭހާއި ސާމާނު ފޯރު ކޮށްދިނުމުގެ ހަރަކާތް ތަކަށް ހުރަސް އަޅަނީ ގަސްދުގައި ކަމަށެވެ. 

އިޒުރޭލުން ވަނީ ވޯލްޑް ސެންޓްރަލް ކިޗަންގެ މަސައްކަތްތެރިންނަށް ހަމަލާދީ އެ ޖަމާއަތުން ބަޔަކު ވެސް މަރާފަ އެވެ. 

ރަވީނާ ވަނީ ފަލަސްތީނުގެ ހުޅަނގު އައްސޭރީގައި އިޒުރޭލުން ފަލަސްތީނުގެ ރައްޔިތުންނާއި ދެކޮޅަށް ހިންގަމުންދާ އަނިޔާވެރި އަމަލުތައް ކުށްވެރި ކުރައްވާ އެކަމާއި ވެސް ކަންބޮޑުވުން ފާޅުކުރައްވާ އެކަން ވަގުތުން ހުއްޓާލަން ގޮވާލައްވާފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.