ސޮލާހު މާފުއްޓަށްވީ ވައުދުގެ ބޮޑުބައި ފުއްދައި އެހެން ހަރުފަތަކަށް

ސޮލާހު ވިދާޅުވީ ކައުންސިލްގެ ދެ އަހަރާއި 11 މަސް ވީއިރު ވައުދުގެ ބޮޑުބައި ފުދިފައިވާ ކަމަށެވެ މީގެތެރޭގައި އެންމެ ހާއްސަ ކަމެއްގެ ގޮތުގައި ފާހަގަކުރީ ރަށުގެ ރައްޔިތުންނަށް ގޯތި ދޫކުރުމެވެ.

މާފުށީ ކައުންސިލްގެ ރައީސް ހުސެއިން ސުލެއިމާން

އެންމެފަހުން ބޭއްވި ކައުންސިލް އިންތިހާބުގައި މާފުށީ ކައުންސިލަށް އަންނަ މިހާރުގެ ރައީސް ހުސެއިން ސުލެއިމާން ވެވަޑައިގަތް ވައުދުގެ ބޮޑުބައި ދުއްދިފައި، މާފުށި އެހެން ހަރުފަތަކަށް އުފުލާލުމުގެ މަސައްކަތް ފައްޓައިވާފައިފި އެވެ. 

މާފުށީ ލޯކަލް އޮތޯރިޓީ ކޮމްޕެނީ (އެމްއެލްއޭސީ) ކުންފުނި އިފުތިތާހު ކުރަން މިރަށުގައި ރޭ ބޭއްވި ރަސްމިއްޔާތުގައި ރައީސް ހުސެއިން ސުލެއިމާން ވިދާޅުވީ މާފުށީ ކުންފުނި ހެދުމަކީ އަޅުގަނޑުމެންވީ ވައުދެއް އެ ވައުދު ފުއްދައި މިހާރު މިވަނީ އޮފީސް ވެސް ހުޅުވާފަ އެވެ. 

"އަޅުގަނޑުމެން އިންތިހާބުވިތާ މިއަދަށް 2 އަހަރާއި 11 މަސް މިވަނީ. މިވަނީ ވައުދުގެ ބޮޑުބައި ޑެލިވާ ކުރެވިފައިކަން އުފަލާއެކު ފާހަގަކޮށްލަން،" ހުސެއިން ވިދާޅުވި އެވެ. 

މި ކައުންސިލް އައުމުގެ ކުރިއާ މިހާރުގެ ތަފާތު

  • 1.ކުރިން މާފުށީ ކުނިގޮނޑަކީ އެ ރަަށަށް ބޮޑު ޑިޒާސްޓާއެއް | މިހާރު އެތަން ދަނީ މެނޭޖު ކުރަމުން
  • 2.މާފުށީގައި ކުރިން އަންހެނުންގެ ޑޮކްޓަރެއް ނުހުރެ | މިހާރު ކުޑަކުދިން އަދި އަންހެނުންގެ ޑޮކްޓަރެއް ހުރޭ
  • 3.ކުރިން މާފުށީގައި ހުންނަނީ ސިއްހީ މަރުކަޒެއް | މިހާރު ވަނީ ހޮސްޕިޓަލަކަށް ބަދަލުކޮށްފަ
  • 4.ކުރިން ޕްރީ ސްކޫލް އޮތީ ހުއްޓިފަ | މިހާރު ޕްރީ ސްކޫލް ހިންގަމުންދޭ
  • 5.ކުރިން މާފުށީ ސްކޫލުގެ ފެންވަރު ދަށް | މިހާރު ފެންވަރު މަތިކޮށް ކައުންސިލުން އަހަރު ތިން މިލިއަން ހަރަދު ކުރޭ
  • 6.ކުރިން މާފުށީގަ މަތީ ތައުލީމުގެ ފުރުސަތެއް ނެތް | މިހާރު މަތީ ތައުލީމަށް ކައުންސިލުން ފަސް ސްކޮލަޝިޕް، ޓިއުޝަން ފީ، ޕޮކެޓް މަނީ ދޭގޮތަށް
  • 7.ކުރިން މިސްކިތް މަރާމާތު ކުރުން އޮތީ ހާލުގަ | މިހާރު ހަރަދު ކުރަނީ ކައުންސިލުން، ރޯދައަށް 1.3 މިލިއަން މިސްކިތް މަރާމާތަށް ހޭދަކުރި
  • 8.ކުރިން މާފުށި އަނދިރި | މިހާރު މާފުށީގަ ނުދިއްލި ހުރި ބައްތިތަކުގެ 90 ޕަސެންޓް ރަނގަޅުކޮށްފަ
  • 9.ކުރިން މާފުށި ސާފެއް ނުކުރެވޭ | މިހާރު މާފުށި ސާފު ކުރަނީ މިރަށު އަންހެނުން ނުކުމެ، އާމްދަނީ ލިބޭ ގޮތަށް
  • 10.ކުރިން މާފުށި ކައުންސިލްގެ ބަޖެޓް 11 މިލިއަން | މިހާރު 60 މިލިއަންގެ ބަޖެޓެއް
  • 11.ކުރިން ގޯތީގެ ދަތިކަން | މި ކައުންސިލްގެ މަސައްކަތުން ރަށެއް ހިއްކައި ގޯތި ދޫކޮށްފަ
  • 12.ކުރިން ބަނދަރުގެ ދަތިކަން ބޮޑު | މިހާރު ބަނދަރު ބޮޑުކޮށް، ޖާގަ ތަނަަސްވުމާ ދިމާލަށް
  • 13.ރަށުގަ ތިބެ ކުރިން ލައިސަންސް ނުނެގޭ | މިހާރު ލައިސަންސް ނެގުމުގެ ހިދުމަތް
މާފުށި - މާފުއްޓަކީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ޓޫރިޒަމް ވިޔަފާރި ކުރާ އެއް ރަށެވެ. އެ ރަށުގެ އާބާދީ އަކީ 1,824 އެވެ. މާފުއްޓަކީ އަހަރަކު ގާތްގަނޑަކަށް 40 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 618 މިލިއަން ރުފިޔާ) ރޯލް ކުރާ ބޮޑު އިގްތިސޯދެކެވެ. އެއީ މާލެ ފިޔަވަައި ރާއްޖޭގައި އޮތް އެންމެ ގިނައިން އާމްދަނީ ބޮޑު ރަށެވެ. އެ ރަށުގައި 63 ތަނެއްގައި 1,868 ޓޫރިސްޓު އެނދު އެބަހުއްޓެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.