"އޭރުވެސް މިހާރުވެސް ޔާމީންގެ ޝަރީއަތަށް ނުފޫޒު ފޯރުވީ އެމްޑީޕީން"

އަދި، އެ ސަރުކާރުގައި ރައީސް ޔާމީން ނުހައްގުން ޖަލަށްލީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށާއި ޕީޕީއެމް / ޕީއެންސީ ބަލިކަށި ކޮށްލުމަށް ކަމަށެވެ.

ރައީސް ޔާމީންގެ ވަކީލް އަބްދުﷲ ސިޔާޒް ކުރީން ހައިކޯޓުގައި ވާހަކަ ދައްކަވަނީ

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޝަރީއަތަށް ނުފޫޒު ފޯރުވަނީ އެމްޑީޕީން ކަމަށާއި އެ ފަރާތްތަކުން އުޅެނީ އެމަނިކުފާނުގެ އަބުރު ކަތިލައި ސިޔާސީ ފައިދާ ނެގުމަށް ކަމަށް އެ މަނިކުފާނުގެ ވަކީލް އަބްދުﷲ ސިޔާޒް ވިދާޅު ވެއްޖެ އެވެ.

ޔާމީންގެ ވަކީލް ސިޔާޒް މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ 2018 ވަނަ އަހަރު އެމްޑީޕީން ރާއްޖޭގެ ވެރިކަމާ ހަވާލުވުމަށް ފަހު ނިޒާމީ ގޮތެއްގައި ރާވައިގެން ރައީސް ޔާމީނާއި އެމަނިކުފާނުގެ ސަރުކާރުންގެ އޮފިޝަލުންގެ މައްޗަށް ހަގީގަތެއް ނެތް އިންޓެލިޖެންސް ރިޕޯޓްތައް ހަދައިގެން ދޮގު ތުހުމަތުތައް އުފުލާފައިވާ ކަމަށެވެ.

އޭގެ ހެއްކަކީ ރައީސް ޔާމީނާއި މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މައްޗަށް އުފުލާފައިވާ ދައުވާތައް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ ކުރީގެ ރައީސް ސޯލިހުގެ ސަރުކާރުގައި ރައީސް ޔާމީން ނުހައްގުން ޖަލަށްލީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށާއި ޕީޕީއެމް / ޕީއެންސީ ބަލިކަށި ކޮށްލުމަށް ކަމަށެވެ.

"އަޅުގަނޑު ގަބޫލް ކުރަނީ އޭރުވެސް އަދި މިހާރު ވެސް ރައްޔިތުންގެ މަޖިލީހުގެ އަޣުލަބިއްޔަތު އޮވެގެން ޝަރީއަތަށް ނުފޫޒު ފޯރުވަނީ ކުރިން ވެސް އެކަން ކުރި ފަރާތްތައް އިސްވެ ތިބެއެވެ. އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި އެފަރާތްތަކުން މިހާރު ވެސް ކުރާ ކަމަކީ، ރައީސް ޔާމީންގެ މައްޗަށް އިތުރު ތުހުމަތެއްކޮށް، އަބުރު ކަތިލައި އޭގެ ސިޔާސީ ފައިދާ ނެގުމެވެ." ސިޔާޒް ލިޔުއްވާފައި ވެއެވެ.

ނިމިދިޔަ އެމްޑީޕީ ސަރުކާރަށާއި އެ ޕާޓީގެ އަޣުލަބިއްޔަތު އޮންނަ މަޖިލީހަށް ތުހުމަތުކޮށް ސިޔާޒް ޕޯސްޓެއް ކުރައްވާފައި މިވަނީ ރައްޔިތުންގެ މަޖިލީސް އިންތިހާބު ބޯމަތިވެފައި ވަނިކޮށެވެ. އަދި ރައީސް ޔާމީނާއި ރައީސް މުއިއްޒާ ދެމެދު ސިޔާސީ އަދާވާތްތެރިކަމެއް އުފެދިފައި ވަނިކޮށެވެ.

މި ދަނޑިވަޅުގައި އެމްޑީޕީން ދަނީ ރައީސް ޔާމީންގެ ހައްގުގައި ވަކާލާތު ވެސް ކުރަމުންނެވެ. އެގޮތުން ރައީސް ޔާމީންގެ ޝަރީއަތް ލަސްވާތީ ސަރުކާރަށް ދަނީ ފާޑުކިޔަމުންނެވެ. އެ މައްސަލަ ބަލަން ޖުޑިޝަލް ސާވިސް ކޮމިޝަނަށް ހުށަހަޅުއްވާނެ ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވިދާޅުވެފައިވެ އެވެ. އެކަމަށް ރައީސް ޔާމީންގެ އިސް ވަކީލް ޑރ. މުހައްމަދު ޖަމީލް ވަނީ މަރުހަބާ ވެސް ކިޔުއްވާފަ އެވެ

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.