ސަމާލު؛ ވައި ގަދަވެ ކެމްޕެއިން ބިލްބޯޑްތައް ވެއްޓެނީ

ފުލުހުން ބުނީ ‏މޫސުން ގޯސްވެ ވައި ގަދަވުމުގެ ސަބަބުން ބައެއް ކެމްޕެއިން ބިލްބޯޑް ވެއްޓުމުގެ ހާދިސާތައް ހިނގަމުންދާ ކަމަށެވެ.

މާލޭގައި ކެމްޕޭން ޕޯސްޓަރާއި ބެނާ އަދި ބޯޑު އެންމެ ގިނައިން ހަރުކޮށްފައިވާ ސަރަަހައްދަކީ އުސް ފަސްގަނޑު -- ފޮޓޯ: ޔާމިން މުޙައްމަދު / ދަ މިރާ

‏މޫސުން ގޯސްވެ ވައި ގަދަވުމުގެ ސަބަބުން ބައެއް ކެމްޕެއިން ބިލްބޯޑް ވެއްޓުމުގެ ހާދިސާތައް ހިނގަމުންދާތީ ސަމާލުވުމަށް ފުލުހުން އިލްތިމާސް ކޮށްފި އެވެ.

މާލެ ސިޓީ ހިމެނޭހެން މުޅި ރާއްޖޭގެ މޫސުން ވަނީ ގޯސްވެފައެވެ. މާލެ ސަރަހައްދަށް ވަރަށް ވައި ގަދަ އެވެ. ދޭތެރެ ދޭތެރެއިން ވައި ރޯޅި ގަދަ ވެ އެވެ. ދެކުނުގެ ދެ ސިޓީ -- އައްޑޫއާ ފުވައްމުލަކު ފިޔަވާ އެހެން ހުރިހާ ސަރަހައްދަކަށް އޮތީ ވައިޓް އެލާޓް ނެރެފައެވެ.

ފުލުހުން ބުނީ ‏މޫސުން ގޯސްވެ ވައި ގަދަވުމުގެ ސަބަބުން ބައެއް ކެމްޕެއިން ބިލްބޯޑް ވެއްޓުމުގެ ހާދިސާތައް ހިނގަމުންދާ ކަމަށާ އެހެންކަމުން ވައިގަދަ ވަގުތު ތަކުގައި މަގުމަތި ބޭނުންކުރާއިރު އެކަމަށް ސަމާލުވުމަށް އެެދޭ ކަމަށެވެ.

އަދި ބުނީ ‏މަގުތަކުގެ އެއްފަރާތު ގައި ބަހައްޓާފައި ހުރި ބިލްބޯޑް ތަކަކީ ރައްކާތެރި ގޮތުގައި ރަނގަޅަށް ހަރުކޮށްފައި ހުރި އެއްޗެހިކަން ކަށަވަރު ކުރުމަށް އެ ތަކެތި ބަހައްޓާފައިވާ ފަރާތްތަކަށް އެ މުއައްސަސާ އިން މިހާރު އަންގާފައިވާ ކަމަށެވެ.

އަންނަ އާދިއްތަ ދުވަހު އޮންނަ އިންތިހާބަށް މާލެއާ ވިލިމާލެ އަދި ހުޅުމާލޭ ވަނީ ކެމްޕެއިން ބެނާތަކާއި ފޮތިތަކާއި ދިދަތަކާއި ޕޯސްޓަރުތަކާއި ބިލްބޯޑުތަކުން ފުރިފަ އެވެ. ބައެއް ސަރަހައްދުތަކުގައި ވަރަށް ބޮޑެތި ބޯޑްތައް ވެސް ބަހައްޓާފައިވެ އެވެ. ވައި ގަދެވެ ބޯޑްތައް މެދުން ބިނދި ވެއްޓުމުގެ ހާދިސާތައް ހިނގާފައި ވެއެވެ. އަދި ކުދި ބޯޑްތައް ވަޔާ ވިއްސައިގެން ދިއުން ފަދަ ކަންކަން ވެސް ހިނގަ އެވެ. މިއީ ބަޔަކަށް / މީހަކަށް ބޮޑު އަނިޔާއެއް ވެސް ލިބިދާނެ ފަދަ ކަމެކެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.