ރާއްޖޭގައި ވީޗެޓް ޕޭ ހިދުމަތް ފެށުމާ ގުޅޭ މަޝްވަރާ ކޮށްފި

މިނިސްޓަރު ވިދާޅުވީ އިތުރު ޕޭމަންޓް އޮޕްޝަންތައް ހޯދާ ދިނުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ރާއްޖޭގައި ވީޗެޓް ޕޭ ހިދުމަތް ފެށުމާ ގުޅޭ މަޝްވަރާ ކޮށްފައިވާ ކަމަށެވެ.

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި އެމަނިކުފާނުގެ އިސް ބޭފުޅުން މިއަދު ވަނީ ވީޗެޓް ޕޭގެ ރީޖަނަލް ޑިރެކްޓަރާ ބައްދަލު ކުރައްވަނީ

ރާއްޖޭގައި ވީޗެޓް ޕޭ ހިދުމަތް ފެށުމާ ގުޅޭ މަޝްވަރާ ކޮށްފި އެވެ.

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި އެމަނިކުފާނުގެ އިސް ބޭފުޅުން މިއަދު ވަނީ ވީޗެޓް ޕޭގެ ރީޖަނަލް ޑިރެކްޓަރާ ބައްދަލު ކުރައްވާފައެވެ. އެ ބައްދަލްވުމުގެ ދެ ފޮޓޯއެއް ހިއްސާ ކޮށް މިނިސްޓަރު ވިދާޅުވީ ދިވެހި ވިޔަފާރިތަކަށް ފުރުސަތު ފަހިކޮށް އިތުރު ޕޭމަންޓް އޮޕްޝަންތައް ހޯދާ ދިނުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ރާއްޖޭގައި ވީޗެޓް ޕޭ ހިދުމަތް ފެށުމާ ގުޅޭ މަޝްވަރާ ކޮށްފައިވާ ކަމަށެވެ.

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އަދި ވީޗެޓް ޕޭގެ ރީޖަނަލް ޑިރެކްޓަރު

ދާދި ފަހުން ސަރުކާރުން ވަނީ ބޭންކުން ބްލޮކް ކޮށްފައިވާ މާޗަންޓް ސައިޓްތައް ދޫށްލާ ޑިޖިޓަލް ވޮލެޓު މުއާމަލާތް ކުރެވޭ ގޮތް ވެސް ހަދާފައެވެ. 

ފްރީލާންސްކޮށް މަސައްކަތް ކުރާ މީހުންނާއި ޒުވާނުނަަށް މި ބަދަލު ގެނެސް ދެއްވުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ.

މި ބަދަލާއެކު ރާއްޖެ ދަތުރު ކުރަން ފަށާފައި މިވަނީ ޕޭޕާލް ހިދުމަތް ތައާރަފު ކުރުމާ ދިމާލަށެވެ. ސަރުކާރުން ވަނީ މިކަމަށް ރާއްޖޭގެ ގާނޫނުތަކާއި ގަވައިދުތަކުގައި ހުރި ހުރަސްތައް ނައްތާލަން މަސައްކަތް ކުރައްވާނެ ކަމަށް ބުނެފަ އެވެ. އެކަން ކުރިއަށް ގެންދަން ބޭނުންވާ ފިޔަވަޅުތައް އަަޅަން ކެބިނެޓުން ވަނީ ނިންމާފަ އެވެ. ހިދުމަތް ތައާރަފް ކުރަން ސީދާ އެމެރިކާގެ ސަރުކާރާއެކު މަޝްވަރާކުރަން ވަނީ ނިންމާފަ އެވެ. އެހެންވެ މި ކަމަކީ ކުރިއަށް އޮތްތަނުގައި އަންނާނެ ފަހި އިތުރު ފުރުސަތަކަށް ވެގެންދާނެ ކަމަށް އުންމީދު ކުރެވެ 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.