އެމްޑީޕީއިން އެންޓި ކެމްޕޭން ކުރާ މައްސަލަ އިލެކްޝަން ކޮމިޝަނަށް ހުށަހަޅައިފި

ކޮންގްރެސް ކޯލިޝަނުގެ ތަރުޖަމާނު ހީނާ ވިދާޅުވީ އެމްޑީޕީއިން އެންޓި ކެމްޕޭން ކުރާ މައްސަލަ މިއަދު އިލެކްޝަން ކޮމިޝަނަށް ހުށަހަޅާފައިވާ ކަަމަށެވެ.

އެމްޑީޕީން 2024 ވަނަ އަހަރު ބޭއްވޭ މަޖިލިސް އިންތިހާބުގެ ކެމްޕެއިން ރަސްމީކޮށް ފެށުމަށް އާޓިފިޝަލް ބީޗްގައި ބޭއްވި ޖަލްސާގެ ތެރެއިން. -- ފޮޓޯ: ޔާމިން މުޙައްމަދު / މިނޫސް

މިމަހުގެ 21ގައި ބާއްވާ ރައްޔިތުންގެ މަޖިލިސް އިންތިހާބުގެ ކެމްޕޭނުގައި އިދިކޮޅު އެމްޑީޕީއިން އެންޓި ކެމްޕޭން ކުރާ ކަމަށް ބުނެ އެ މައްސަލަ ސަރުކާރު ހިންގާ ކޮންގްރެސް ކޯލިޝަނުން އިލެކްޝަން ކޮމިޝަނަށް ހުށަހަޅައިފި އެވެ. 


އިންތިހާބަށް ސަރުކާރު ކޯލިޝަނުން ވަމުން އަންނަ ތައްޔާރީތަކާ ގުޅޭ ގޮތުން މިއަދު ޕީއެންސީގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުން ފައްޓަވަމުން ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ، އެމްޑީޕީއިން އެންޓި ކެމްޕޭން ކުރާ ކަމަށާ އެ މައްސަލަ އިލެކްޝަން ކޮމިޝަނަށް ހުށަހަޅާފައިވާ ކަމަށެވެ. 

"އަޅުގަނޑުމެން ހަމަ ތަކުރާރުކޮށް ގޮވާލަން ބޭނުންވަނީ އިދިކޮޅު ފަރާތްތަކަށް ވެސް، ތިބޭފުޅުން ކެމްޕޭންކުރައްވާ އިރުގަ، ތިބޭފުޅުންގެ ސިޔާސަތު ވިއްކަވާށޭ، ތިބޭފުޅުންގެ މެނިފެސްޓޯ ވިއްކަވާށޭ. ރައްޔިތުންނަށްޓަކާ ތިބޭފުޅުން ކޮށްދޭން ބޭނުންވާ ކަންކަން ވިއްކަވާށޭ. އެންޓި ކެމްޕޭން ނުކުރައްވާށޭ،" ހީނާ ވިދާޅުވި އެވެ. 

ޕީއެންސީގެ ތަރުޖަމާން ހީނާ ވަލީދު

އެމްޑީޕީ އިން ސަރުކާރު ކޯލިޝަނާ ދެކޮޅަށް އެންޓި ކެމްޕޭނު ކުރާ ކަމަށް މި ފަހުން ބޭއްވި ހުރިހާ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވެސް ހީނާ ތުހުމަތު ކުރެއްވި އެވެ.

އެގޮތުން އިދިކޮޅުގެ ބައެއް ވާހަކަތައް ހުންނަ ގޮތުންނާއި ކެމްޕޭން ޕޯސްޓަރުތައް މެދުވެރިކޮށް އެންޓި ކެމްޕޭން ކުރައްވާ ކަމަށް ހީނާ ތުހުމަތު ކުރެއްވި އެވެ.

ހީނާ ވިދާޅުވީ، އެމްޑީޕީން ކެމްޕޭން ކުރަނީ ކެންޑިޑޭޓުންނަކީ ގާނޫނު ހަދާ މަޖިލީހަށް އިންތިހާބު ކުރާ ބައެއްގެ ގޮތުގައި ފޯކަސް ކޮށްގެން ނޫން ކަމަށާއި އެމްޑީޕީ އިން ގެންގުޅެނީ އަނިޔާވެރިކަމާ ބަދަލުހިފުމުގެ ރޫހު ކަމަށެވެ. އަދި ވިދާޅުވީ އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ވާހަކަފުޅު ދައްކަވަނީ އެއްވެސް އަމާޒެއް އަދި ސިޔާސަތެއް ނެތި ބިރު ދައްކާ ގޮތަށް ކަމަށެވެ.

އެންޓި ކެމްޕެއިންއާ ގުޅޭ މައްސަލައެއް އިލެކްޝަންސް ކޮމިޝަނަށް ހުށައެޅުއިރު އިލެކްޝަން ކޮމިޝަނުން ވެސް ވަނީ އެންޓި ކެމްޕެއިން ހަރަކާތްތަކެއް ހިންގާ ކަމަށް ފާހަގަކުރެވޭ ކަމަށާ އެކަމަށް ފިޔަވަޅު އަޅާނެ ކަމަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.