މާފަރުފަޅަކީ މަހިބަދޫގެ ބައެއް ކަމުގައި ކަނޑައަޅައިފި

އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުން ރައީސުލްޖުމްހޫރިއްޔާ އަށް ލިބިދޭ ބާރުގެ ދަށުން މާފަރުފަޅަކީ އެ އަތޮޅު މަހިބަދޫގެ ބައެއް ކަމުގައި ވަނީ ކަނޑައަޅާފަ އެވެ.

އދ. މަހިބަދޫ

އދ. މާފަރުފަޅަކީ އެ އަތޮޅު މަހިބަދޫގެ ބައެއް ކަމުގައި ކަނޑައަޅައިފި އެވެ.

މާފަރުފަޅަކީ އެ އަތޮޅު މަހިބަދޫގެ ބައެއް ކަމުގައި ކަނޑައަޅާ އެކަމުގެ ގަރާރު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވަނީ ނެރުއްވާފައެވެ. ރައީސް ސޮއިކުރައްވާ ނެރުއްވި ގަރާރު ގައި ވަނީ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން އޮކްޓޫބަރު 14، 2010 ގައި ސަރުކާރުގެ ގެޒެޓް ގައި ޝާއިއުކޮށްފައިވާ ރައީސުލްޖުމްހޫރިއްޔާގެ ގަރާރަށް އިސްލާހު ގެންނަވާ ކަމަށެވެ.

އަދި އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުން ރައީސުލްޖުމްހޫރިއްޔާ އަށް ލިބިދޭ ބާރުގެ ދަށުން މާފަރުފަޅަކީ އެ އަތޮޅު މަހިބަދޫގެ ބައެއް ކަމުގައި ކަނޑައަޅާ ކަމަށެވެ.

ރައީސް މުއިއްޒު އިއްޔެ ވަނީ އަރިއަތޮޅު އުތުރުބުރީ ވެލިދޫދިއްގާ ފަޅަކީ އެ އަތޮޅު ބޮޑުފުޅަދޫ ބައެއް ކަމުގައި ކަނޑައަޅާފައެވެ.

އަދި ނ އަތޮޅު ފަރުމުލި އާއި ކަނޑިންމާހުރާ އަކީ ނ. މާފަރުގެ ބައެއް ކަމުގައި ވެސް ވަނީ ކަނޑައަޅާފައެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.