ޕީއެންއެފްގެ ކެމްޕޭން ދަތުރުތައް ފަށައިފި، ފުރަތަމަ ޓީމް މާލެ އަތޮޅަށް

ޕީއެންއެފް އުފެއްދުމަށް ބާއްވާ ޖަލްސާއަށް ފުލުހުން ހުރަސްއަޅައި، ޖަލްސާ ބޭއްވި މާލަން ބަދަލުކުރަން މަޖުބޫރު ކުރުވި އެވެ.

ޕީއެންއެފްގެ ކެމްޕޭން ޓީމް ދަތުރުތައް ފެށުމުގެ ކުރިން ނޫސްވެރިންނާ ބައްދަލުކުރަނީ؛ މި ދަތުރުތައް ފުރަތަމަ ފެށީ މާލެ އަތޮޅަށް -- ފޮޓޯ: ޔާމިން މުހައްމަދު/ދަ މިރާ

ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ އުފެއްދެވި ޕީޕަލްސް ނެޝަނަލް ފްރޮންޓު (ޕީއެންއެފް) އިން މަޖިލިސް އިންތިހާބަށް ކެމްޕޭން ކުރުމަށް މާލެ އަތޮޅަށް ފުރައިފި އެވެ. 

މި ދަތުރު ފެށުމުގެ ކުރިން ނޫސްވެރިންނާ ބައްދަލުކޮށް ޕީއެންއެފްގައި އިސްކޮށް ހަރަކާތްތެރިވާ މުހައްމަދު މަލީހް ޖަމާލް ވިދާޅުވީ، މިއަދުގެ ފުރަތަމަ ދަތުރު މާލެއަތޮޅަށް ފެށި ނަމަވެސް، މުހިންމު ދާއިރާތަކުގައި އެޕާޓީގެ ކެމްޕޭން ޓީމްތަކުން ހަރަކާތްތެރިވާނެ ކަމަށެވެ. 

މަލީހް ވިދާޅުވީ، ޕާޓީގެ ނަމުގައި ނެތް ނަމަވެސް، ރައީސް ޔާމީން ތާއީދުކުރައްވާ ގިނަ ކެންޑިޑޭޓުންތަކެއް އެކި ދާއިރާތަކަށް ވާދަކުރައްވާކަމަށެވެ. 

"ވިސްނުންތެރިކަމާ އެކު ރައީސް ޔާމީން ތާއީދު ކުރައްވާ ކެންޑިޑޭޓުންނަށް ވޯޓު ދިނުމަކީ އަޅުގަނޑުމެން ވަރަށް ބޮޑަށް އެދޭ އެދުމެއް." މަލީހް ވިދާޅުވި އެވެ. 

މަލީހުގެ ވާހަކައިގައި މަޖިލީހުގެ މެޖޯރިޓީ ސަރުކާރަށް ލިބެން ޖެހޭ ކަމަށް ސަރުކާރު ހިންގާ ކޮންގްރެސް ކޯލިޝަނުން ދައްކާ ވާހަކައަށް ރައްދު ދެއްވަމުން ވިދާޅުވީ، މި ސަރުކާރަށް މަޖިލީހުގެ މެޖޯރިޓީ ނުދާންވީ ސަބަބުތައް ވަރަށް ގިނަ ކަމަށެވެ.

"އެއްކަމަކީ މިއީ ވަރަށް ވީކް ސަރުކާރެއް. އެއް ކަމަކީ މި ސަރުކާރު ވެރިކަމަށް އައުމުގެ ކުރިން ސަރުކާރުގެ އަސާސްތައް މުގުރާލައިފި. ރައީސް ޔާމީން އެކަހެރި ކުރައްވައިފި" މަލީހް ވިދާޅުވި އެވެ. 

ކުރީގެ ރައީސް ޔާމީން އިސްކޮށް ހުންނަވައިގެން ޕީއެންއެފްގެ ނަމުގައި ޕާޓީއެއް އުފެއްދުމަށް އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގައެވެ. އެ ޕާޓީ އުފައްދަން އިލެކްޝަނުން ހުއްދަ ދިނުމުން 3060 ފޯމު ހަމަކޮށް މިދިޔަ ފެބްރުއަރީ މަހު ވަނީ ހުށަހަޅައިފައެވެ.

ޕީއެންއެފް އުފެއްދުމަށް ބާއްވާ ޖަލްސާއަށް ފުލުހުން ހުރަސްއަޅައި، ޖަލްސާ ބޭއްވި މާލަން ބަދަލުކުރަން މަޖުބޫރު ކުރުވި އެވެ. އެ ޕާޓީ އުފެއްދުމުގެ ޖަލްސާ ބާއްވާފައި ވަނީ 10 އޭޕްރީލްގެ ދަންވަރު 12:20 ގައި ރާޅުގަނޑު ސަރަހައްދުގަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.