މާލީ ނިޒާމުތައް ކުދި ގައުމުތަކަށް ލުއި ވާނެހެން ބައްޓަން ކުރަންޖެހޭ: ފައިސަލް

މިނިސްޓަރު ފައިސަލް ވިދާޅުވި ގޮތުގައިު ކުދި ގައުމުތައް ކުރިއަރާނީ އެ ގައުމުތައް ދަރަނިވެރި ނުވާނެ ގޮތަކަށް ބައިނަލްއަގުވާމީ މާލީ ނިޒާމުތައް ބައްޓަންކޮށްގެނެވެ.

މިނިސްޓަރު ފައިސަލް އދ. ގައި ތަގުރީރު ކުރައްވަނީ -- ފޮޓޯ: ޓޫރިޒަމް މިނިސްޓްރީ

ރާއްޖެއަކީ ތަރައްގީގެ ގޮތުން މެދު ފަންތީގެ ގައުމެއްގެ ގޮތުގައި އޮތުމުން، އެހެން ގައުމުތަކަށް ބަރޯސާވުން މަޖުބޫރުވާ ކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ވިދާޅުވެއްޖެ އެވެ. 

ނިއުޔޯކުގައި އޮތް އދ. މަތީ ފަންތީގެ ބައްދަލުވުމެއްގައި ބައިވެރިވެ ވަޑައިގެން އދ. ޕޯޑިއަމްގައި މިނިސްޓަރު ފައިސަލް، ތަގުރީރު ކުރައްވާ ވިދާޅުވީ، ކުދި ގައުމުތަކަށް ކުރިމަތިވާ އެންމެ ބޮޑު ގޮންޖެހުމަކީ މޫސުމަށް އަންނަ ބަދަލުތަކާއި ބޭރުގެ ފިއްތުންތައް ކަމަށެވެ. މިނިސްޓަރުގެ މުޅި އެ ތަގުރީރުގައި އަލިއަޅުވާލައްވާފައި ވަނީ ކުދި ގައުމުތައް ދަރަނިވެރިވުމާއި ދިމާވާ ދަތިތަކުގެ މައްޗަށެވެ.

"އެހެން ކުދި ގައުމުތަކެކޭ އެއްފަދައިން ރާއްޖެއަށް ވެސް ދަރަނީގެ ސަބަބުން އެތައް ގޮންޖެހުންތަކެއް ކުރިމަތި އެބަވޭ. އޭގެ ސަބަބުން ހިދުމަތް ދިނުމުގެ ގާބިލު ކަމަށް ވަރަށް ބޮޑަށް ގޮންޖެހުންތަކެއް ކުރިމަތިވެ، އިންފްރާސްޓްރަކްޗާ އާއި ތަރައްގީގެ އެހެން މުހިންމު ބޭނުންތަކަށް އިންވެސްޓް ކުރުމުގެ ގާބިލްކަން ހަނިވޭ،" މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.

ދުނިޔޭގެ އެއްނަމްބަރު ޓޫރިޒަމް ބްރޭންޑް ލީޑް ކުރައްވާ މިނިސްޓަރު ފައިސަލް ވިދާޅުވީ ރާއްޖެއަކީ ތަރައްގީގެ ގޮތުން މެދުފަންތީގެ ގައުމެއްގެ ގޮތުގައި ބައިނަލްއަގުވާމީ ދުނިޔޭގައި އޮންނަ ގަބޫލު ކުރުމުގެ ސަބަބުން ލުއި ފައިނޭންސިން ލިބުން ހަނިވެ ގައުމުތަކަށް ބަރޯސާ ވާން މަޖުބޫރުވާ ކަމަށެވެ. އަދި އެއަށް އޮތް ހައްލެއްގެ ގޮތުގައި މިނިސްޓަރު ފާހަގަ ކުރެއްވީ ދުވަސްވީ މާލީ ނިޒާމުތައް އިސްލާހުކޮށް ކުދި ގައުމުތަކަށް ވީހާވެސް ލުއި ވާނޭހެން ކަންކަން ބައްޓަން ކުރުމެ

އިގްތިސޯދު ބައްޓަން ކުރުމުގައި ދަރަނި ނެގުން މުހިންމު ކަމުގައިވި ނަމަވެސް އެއީ މާލީ ބުރަޔަކަށް ނުވެ، ދެމެހެއްޓެނިވި ގޮތެއްގައި ކުރެވޭނެ ކަންކަމުގެ ގޮތުގައި ވާން ޖެހޭ ކަމަށް ވެސް މިނިސްޓަރު ފައިސަލް ފާހަގަ ކުރެއްވި އެވެ.

މީގެ އިތުރުން ކުދި ގައުމުތަކަށް އަގު ހެޔޮކޮށް ލޯނު ނެގޭނެ ގޮތަށް ބައިނަލްއަގުވާމީ މާލީ އާކިޓެކްޗާއަށް އަވަސް އިސްލާހުތަކެއް ގެނައުމަށް ވެސް ފައިސަލް ގޮވާލެއްވި އެވެ. ވަކާލާތު ކުރެއްވީ ދަރަނި ރީފައިނޭންސް ކުރުމުގެ މަސައްކަތްތަކާއި ބައިނަލްއަގްވާމީ އެއްބާރުލުންދީ ނާޒުކު އިގްތިސޯދުތަކުގައި މާލީ ދަތިކަން ހުއްޓުވޭނެ ލުއި ފިޔަވަޅުތައް ފޯރު ކޮށްދިނުމަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.