ކޮމިއުނިޓީ ފަންޑުން ހިންގި ހަތަރު ޕްރޮޖެކްޓެއް ނިންމާލައިފި

ކޮމިއުނިޓީ ފަންޑަކީ ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ރަށްރަށުގައި ހިންގަން ބޭނުންވާ ޕްރޮޖެކްޓްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހުޅުވާލެވިފައިވާ ފަންޑެކެވެ. މިހާތަނަށް

ބޭންކް އޮފް މޯލްޑިވްސްގެ "ކޮމިއުނިޓީ ފަންޑު"ގެ ޕްރޮގްރާމެއް: މިހާތަނަށް 100 ޕްރޮޖްކެޓް ހިންގާފައިވޭ

ބޭންކް އޮފް މޯލްޑިވްސްގެ "ކޮމިއުނިޓީ ފަންޑު" ގެ ދަށުން އިތުރު ހަތަރު ޕްރޮޖެކްޓެއް ހިންގައިފި އެވެ. 

އަލަން އެ ފަންޑުގެ ތެރެއިން ހިންގާ ނިންމި އެއް ޕްރޮޖެކްޓަކީ މޯލްޑިވްސް މަންތާ ކޮންޒަވޭޝަން ޕްރޮގްރާމުގެ ދަށުން ވަނީ އައްޑު އަތޮޅު ހިތަދޫގައި ހިންގި "ރަށްވެށި ޕްރޮގްރާމެ" ވެ. 

އެ ޕްރޮގްރާމުގައި އާންމުންގެ ހޭލުންތެރިކަން އިތުރުކުރަން މަންތާ ސާވޭ ފީލްޑްޓްރިޕް ހިމެނޭހެން ވަނީ އެއް މަހުގެ މެރިން އެޑިއުކޭޝަން ކޯހެއް ހިންގި އެވެ. ޕްރޮޖެކްޓްގައި އާންމުންގެ ހޭލުންތެރިކަން އިތުރު ކުރަން ޖަމިއްޔާއިން ކުރަމުންދާ ރީސާރޗް މަސައްކަތްތަކާ ގުޅޭގޮތުން މައުލޫމާތު ދީ ކަނޑުދަތުރުކުރާ ފަރާތްތަކާ އިންޓަވިއުކޮށް ކަނޑާ ގުޅޭ ގޮތުން ލިބިފައިވާ މައުލޫމާތުތައް ރެކޯޑުކޮށް އެކަންކަން ބަލާ އެކަމާ ގުޅޭ ރިޕޯޓެއް ޝާއިއު ކުރާނެ އެވެ.

ކޮމިއުނިޓީ ފަންޑުން ހދ. ނެއްލައިދޫގެ ފަތޯ ސްޕޯޓްސް އެކަޑަމީގެ ޔޫތު ޑިވެލޮޕްމަންޓް ޕްރޮގްރާމް ހިންގުމަށް އެހީތެރި ވާން ކުޅިވަރާ ގުޅޭ ސާމާނު ވަނީ ގަނެދިނެވެ. މި ޕްރޮގްރާމުގައި ހަ އަހަރާއި 15 އަހަރުގެ އުމުރުފުރާގެ ކުދިންނަށް ފުޓްބޯޅަ، ހޭންޑްބޯލް، ވޮލީބޯޅަ ކުޅުމުގެ ޓްރެއިނިން ޕްރޮގްރާމްތައް ހިންގަން އެހީތެރިކަން ދެ އެވެ.

މީގެ އިތުރުން ފަންޑުގެ ތެރެއިން މ. މުލަކުގެ ކޮމިއުނިޓީ އެމްޕަވާމަންޓް ލިންކޭޖްގެ ފަރާތުންވަނީ މުލަކު ސްކޫލުގައި ރީޑިން ޕާކެއް ތަރައްގީކޮށްފަ އެވެ. އެއީ ދަރިވަރުންގެ މެދުގައި ފޮތްކިއުމަށް ލޯބި އިތުރުކުރުމަށެވެ. 

އަދި އެސޯސިއޭޝަން އޮފް ލޭޑީ އެންޓްރަޕްރެނާސް އިން ވަނީ ލައިފް ކޯޗިން އަދި ކެޕޭސިޓީ ޕްރޮގްރާމެއް އއ. އުކުޅަހާއި ހއ. މާރަންދޫ އަދި ހއ. ތަކަންދޫގައި ކުރިޔަށްގެންގޮސްފަ އެވެ.

ކޮމިއުނިޓީ ފަންޑަކީ ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ރަށްރަށުގައި ހިންގަން ބޭނުންވާ ޕްރޮޖެކްޓްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހުޅުވާލެވިފައިވާ ފަންޑެކެވެ. މިހާތަނަށް ކޮމިއުނިޓީ ފަންޑުގެ ދަށުން 100 ޕްރޮޖެކްޓެއް ހިންގުމަށް ފައިސާގެ އެހީ ވަނީ ދީފަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.