ހަ ރޯދައިގައިވެސް ޗަމްޕާ ބްރަދާސްއިން ކަރާގެ ހަދިޔާ

ރޯދަމަހާ ދިމާކޮށް މީގެ ކުރިން ވެސް ޗަމްޕާ ބްރަދާސްއިން ވަނީ ހަދިޔާ ބަހާފަ އެވެ. އަދި އިޖްތިމާއީ އެހެން ކަންކަމުގައި ވެސް ފަރުދުންނާއި ޖަމާއަތްތަކަށް އެކުންފުނިން އެހީވެ އެވެ.

ޗަމްޕާ ބްރަދާސްގެ ރޯދަ ހަދިޔާގެ ގޮތުގައި ގެނެސްފައިވާ ކަރާ

ހަ ރޯދައާ ދިމާކޮށް މަޝްހޫރު ޗަމްޕާ މުހައްމަދު މޫސާ (އުއްޗު) އާއި ޗަމްޕާ ހުސައިން އަފީފްގެ ޗަމްޕާ ބްރަދާސްއިން 25 ޓަނުގެ ކަރާ ހަދިޔާ ކޮށްފި އެވެ. 

ހަދިޔާ ކުރާ، ކަރާ ބަހަނީ ލޯކަލް ގަވަމެންޓް މިނިސްޓްރީ މެދުވެރިކޮށެވެ. ޗަމްޕާ ބްރަދާސް އިން ބުނީ، ރޯދައަށް ގެނައި ކަރާގެ ފަހު ޝިޕްމަންޓް އެ މިނިސްޓްރީއާ މިހާރު ހަވާލު ކޮށްފައިވާ ކަމަށެވެ. 

ޗަމްޕާ ބްރަދާސްގެ ފަރާތުން، މި އަހަރުގެ ރޯދަމަހު ދިވެހި ރައްޔިތުންނަށް ދޭ ރޯދަ ހަދިޔާގެ ގޮތުގައި މީގެ ކުރީން ވަނީ، 120 ޓަނު ކަރާ، 90 ހާސް ކާށި، އަދި 10 ޓަނު ފިޔާ، 10 ޓަނު އަލުވި ލޯކަލް ގަވަމެންޓް މިނިސްޓްރީއާ ހަވާލު ބަހާފަ އެވެ. 

ޗަމްޕާ ބްރަދާސްއަކީ، ދިވެހި ރައްޔިތުންގެ ލާބަޔާ މަންފާއަށް އަދި ޖަމާއަތުގެ ތަރައްގީއަށްޓަކައި ދީލަތި އެހީތަކެއް ވާ ކުންފުންޏެކެވެ. އުމްރާނީ ތަރައްގީގެ މަޝްރޫއުތަކާ، ތަޢުލީމީ އަދި ސިއްހީ ކަންކަމާއި ކުޅިވަރާ އިޖްތިމާއީ ކަންކަމުގައިވެސް ފަރުދުންނަށާ ޖަމާއަތްތަކަށް ޗަމްޕާ ބްރަދާސް އިން އަބަދު ވެސް އެހީވެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.