އެތެރޭގެ ބާޒާރަށް، ހަތަރު ބިލިއަން ރުފިޔާގެ ޓީބިލް ވިއްކަނީ

ސަރުކާރުން ފައިސާ ޗާޕު ކުރުން ހުއްޓާލުމަށްފަހު ދައުލަތް ހިންގަން ފައިސާ ހޯދަނީ ޓެކެހާއި އެތެރޭގެ ބާޒާރުގައި ވިއްކާ ދަރަނީގެ ވަސީލަތްތަކުންނެވެ.

ފިނޭންސް މިނިސްޓްރީ ހިންގާ އިމާރާތް: ހަރަދު ކުޑަ ކުރަން ގިނަ ފިޔަވަޅުތަކެއް ވަނީ އަޅާފައި

ބޮޑު ކުރި މުސާރަ ދިނުމާއި ދައުލަތުގެ ހަރަދުތައް ފޫބައްދަށް ބޭނުންވާ ފައިސާ ހޯދަން، އެތެރޭގެ ބާޒާރުން ފައިސާ ހޯދަން ސިލްސިލާކޮށް ހިންގާ ހަރަކާތުގެ ތެރެއިން، ހަތަރު ބިލިއަން ރުފިޔާގެ ޓީ-ބިލް ވިއްކަން ހުޅުވާލައިފި އެވެ. 

ފައިސާ ޗާޕު ކުރުން ހުއްޓާލުމަށް ފަހު ފިނޭންސް މިނިސްޓްރީން ވަނީ މިދިޔަ ހަފުތާގައި ހަތަރު ބިލިއަން ރުފިޔާގެ ޓީބިލް ވިއްކަން ވަނީ ހުޅުވާލާފަ އެވެ. ސަރުކާރުން އެތެރޭގައި ޓީބިލް ވިއްކަމުން ގެންދަނީ ދުރާލާ ދައުލަތަށް ދަރަންޏަށް ފައިސާ ދޭނެ ބަޔަކު ހޯދަން އިއުލާނު ކުރުމަށް ފަހު އެވެ. މިއީ ރާއްޖޭގެ ތާރީހުގައި މިހާ ފާޅުކަން ބޮޑު ގޮތެއްގައި އިއުލާނު ކުރި ފުރަތަމަ ފަހަރެވެ. 

ސަރުކާރުން ވަނީ ބަޖެޓު ޑެފިސިޓަށް ބޭނުންވާ ފައިސާ ޓީބިލް / ބޮންޑު މެދުވެރިކޮށް ފޯރު ކޮށްދޭނެ ފަރާތްތަކެއް ހޯދަން އިއުލާނު ކޮށްފަ އެވެ. އެގޮތުން މި އަހަރަށް 550 މިލިއަން ޑޮލަރު (8.5 ބިލިއަން ރުފިޔާ) ބޭނުންވާނެ ކަމަށް އެ އިއުލާނުގައި ބުނެފައިވެ އެވެ. 

ވިއްކަން ހުޅުވާލި ޓީބިލްގެ އަދަދުތައް

  •  28 ދުވަހުން ދައްކާ - 795 މިލިއަން ( 3.50 ޕަސެންޓް )
  •  99 ދުވަހުން ދައްކާ - 1,1 ބިލިއަން (3.87 ޕަސެންޓް )
  •  182 ދުވަހުން ދައްކާ - 79 މިލިއަން (4.23 ޕަސެންޓް )
  •  364 ދުވަހުން ދައްކާ - ދެ ބިލިއަން (4.60 ޕަސެންޓް )

ޓީބިލްގެ މި އަދަދުގެ ތެރޭން އެންމެ ބޮޑު އަދަދެއް ވިއްކަނީ އަންނަ އަހަރުގެ އޭޕްރީލް ހަތް ވަނަ ދުވަހަށް މުއްދަތު ހަމަވާ ދެ ބިލިއަން ރުފިޔާގެ ޓީބިލެވެ. މިއީ އެންމެ ދިގު މުއްދަތުގެ ޓީބިލެވެ. 

ބަޖެޓަށް 16 ބިލިއަން ބޭނުންވޭ

މި އަހަރު ބަޖެޓުގެ ހަރަދުތައް ހަމަޖައްސަން ސަރުކާރަށް 16.3 ބިލިއަން ރުފިޔާ ބޭނުންވެ އެވެ. މި ފައިސާގެ ތެރޭން އެތެރޭގެ ބާޒާރަށް ޓީބިލާއި އިސްލާމިކް އިންސްޓްރޫމަންޓް ވިއްކައިގެން ހޯދަން ކަނޑައަޅާފައި ވަނީ 3.1 ބިލިއަން ރުފިޔާ އެވެ. އެތެރޭގެ ބާޒާރަށް ޓްރެޝަރީ ބޮންޑް ވިއްކައިގެން 800 މިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާކޮށްފައިވެ އެވެ. އަދި ބޭރުގެ ފަރާތްތަކުން ލޯނު ނަގައިގެން 4.7 ބިލިއަން ރުފިޔާ ހޯދާއިރު، ބޭރުގެ ބަޖެޓް ސަޕޯޓް ލޯން ބޮންޑް އަދި ސްކޫކް 6.9 ބިލިއަން ރުފިޔާ ހޯދާނެ އެވެ. އަދި ގްރީން ނުވަތަ ބްލޫ ބޮންޑް ވިއްކައިގެން 771 މިލިއަން ރުފިޔާ ހޯދަން ކަނޑައަޅާފައިވެ އެވެ.  

ޓީ-ބިލް - ޓީބިލްއަކީ އާމްދަނީ ހޯދަން ނަގާ ދަރަންޏެކެވެ. ސަރުކާރުން ޓީބިލް ވިއްކުމުން ގަންނަނީ ބޭންކްތަކާއި ޕެންޝަލް ފަންޑު ފަދަ އިންސްޓިޓިއުޓްތަކުންނެވެ. މިދިޔަ އަހަރުގެ ނިޔަލަށް ޓީބިލް އާއި އިސްލާމިކް އިސްޓްރޫމަންޓްތަކުގެ ނުދައްކާ ހުރި އަދަދު 40.82 ބިލިއަން ރުފިޔާ އަށް އަރަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.