އައްޑޫ ޕޯޓް މި ޒަމާން ކުރުމުގެ މަޝްވަރާތައް ބާއްވައިފި

އައްޑޫ ޕޯޓާއެކު "ހިތަދޫ ޕޯޓް ލިމިޓެޑު" އުފައްދާފައި ވަނީ 2009 ވަނަ އަހަރު އޭޝިއަން ޑިވެލޮޕްމަންޓް ބޭންކްގެ ލޯނު އެހީގަ އެވެ.

އައްޑޫ ޕޯޓްގެ ތަރައްގީއާ ބެހޭ މައުލޫމާތު އެމްޕީއެލްގެ ސީއީއޯ އިއްޔެ ހޯއްދަވަނީ

އައްޑޫ އަތޮޅު ހިތަދޫގައި އޮތް، އައްޑޫ ޕޯޓް މިޒަމާނަށް ގެނައުމަށް ހޯދަންޖެހޭ ތަރައްގީ ގެނައުމުގެ މަސައްކަތްތަކާ ގުޅޭ ގޮތުން، ޕޯޓްގެ ބެލެނިވެރިޔާ، އެމްޕީއެލްއިން ރާއްޖޭން ބޭރުގެ ކުންފުންޏަކާއި މަޝްވަރާތައް ކޮށްފި އެވެ. -- އައްޑޫ ޕޯޓަކީ މާލެ ފިޔަވައި ރާއްޖޭގައި އޮޕަރޭޓް ކުރާ ތިން ބަނދަރުގެ ތެރޭ ހިމެނޭ އެއް ބަނދަރެވެ.

އިއްޔެ ބޭއްވި އެ ހާއްސަ މަޝްވަރާގައި އެމްޕީއެލްގެ ސީއީއޯ މުހައްމަދު ވަޖީހު އިބްރާހިމާއި އައްޑޫ ޕޯޓުގެ އިސްވެރިން  ބައިވެރިވެވަޑައިގެންފައި ވެއެވެ. 

އައްޑޫ ޕޯޓް ތަރައްގީ ކުރުމުގެ ބޮޑު ޕްރޮޖެކްޓެއް އެމްޕީއެލްއިން ގެންގުޅެން ފަށައި އެ މަޝްވަރާ ބޭރު ކުންފުނިތަކާއެކު ހިންގި ނަމަވެސް އެ ޕޯޓު ތަރައްގީއާއިބެހޭ ގިން މައުލޫމާތައް އެމްޕީއެލްއިން އަދި މިހާތަނަށް ހާމަކޮށްފައެއް ނެތެވެ. ނަމަވެސް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ އެއް އަމާޒަކީ އައްޑޫގެ ޕޯޓު ތަރައްގީކޮށް މިޒާންކޮށް ފައިދާ ހޯދުމެވެ.

އައްޑޫ ޕޯޓާއެކު "ހިތަދޫ ޕޯޓް ލިމިޓެޑު" އުފައްދާފައި ވަނީ 2009 ވަނަ އަހަރު އޭޝިއަން ޑިވެލޮޕްމަންޓް ބޭންކްގެ ލޯނު އެހީގަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.