މައްސަލަ ހައްލުކޮށް ކުޅުދުއްފުއްޓަށް ކަރަންޓު ދީފި

ސްޓެލްކޯގެ އިލްމީ ގާބިލް އަދި ތަޖުރިބާކާރު ޓީމާއި ފެނަކައިގެ މުވައްޒަފުން ކުރި ކަސައްކަތުން ކުޅުދުއްފުށި ސިޓީއަށް ދިމާވި ކަރަންޓުގެ މައްސަލަ ހައްލުކޮށް މިހާރު ވަނީ ކަރަންޓު ދީފައެވެ.

ކުޅުދުއްފުށި ސިޓީއަށް ކަރަންޓް ދިނުމުގެ މަސައްކަތް ކުރަނީ

އުތުރުގެ މައި ރަށް -- ކުޅުދުއްފުށި ސިޓީއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލުކޮށް އެރަށަށް ކަރަންޓު ދީފި އެވެ.

ކުޅުދުއްފުށި ޓްރާންސްފޯމަރަކަށް ދިމާވި މައްސަލައަކާއި ގުޅިގެން ތިން ޖަނަރޭޓަރެއްގެ ކޮންޓްރޯލް މޮޑިއުލް އަނދައި މިއަދު 9:15 ގައި މުޅި ރަށުންވަނީ ކަރަންޓު ކެނޑިފަ އެވެ. އޭގެ ކުރީން ވެސް ދޭތެރެ ދޭތެރެއިން އެ ސިޓީން ކަރަންޓް ކެނޑޭތާ ދެ މަހެއްވާން ކައިރިވެއްޖެ އެވެ.

މައްސަލަ ހައްލު ކުރުމަށް އިއްޔެ ވަނީ އައު އިންޖީނެއް ގެންގޮސް ކަރަންޓް ދީފައެވެ. ނަމަވެސް އިންޖީނުގޭގެ ކޭބަލެއްގައި ރޯވެ ކަރަންޓް ކެނޑުނެވެ. އަދި މިއަދު ހެނދުނު ކަނެކްޝަން ހެދުމުގެ ތެރޭގައި މައްސަލައެއް ދިމާވެ ތިން ޖަނަރޭޓަރެއްގެ ކޮންޓްރޯލް މޮޑިއުލް އަނދައި މުޅި ރަށުން ކަރަންޓު ކެނޑުނެވެ.

މައްސަލަ ހައްލު ކުރަން ސަރުކާރުގެ ކަރަންޓް ދޭ މައި ކުންފުނި، ސްޓެލްކޯގެ ތަޖުރިބާކާރު އިންޖިނޭރުންގެ ޓީމެއް ކުޅުދުއްފުށި ސިޓީއަށް ފޮނުވި އެވެ. ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ މިރޭ ވިދާޅުވީ އެ ކުންފުނީގެ އިލްމީ ގާބިލް އަދި ތަޖުރިބާކާރު ޓީމާއި ފެނަކައިގެ މުވައްޒަފުން ކުރި ކަސައްކަތުން ކުޅުދުއްފުށި ސިޓީއަށް ދިމާވި ކަރަންޓުގެ މައްސަލަ ހައްލުކޮށް މިހާރު ވަނީ މުޅި ރަށަށް ކަރަންޓު ދީފައި ކަމަށެވެ.

" ރައްޔިތުންނަށް ދިމާވާ މިފަދަ ކަންކަމަށް އަވަސް ހައްލެއް ހޯއްދަވައިދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުއިއްޒު އަބަދުވެސް ދެއްވަވަމުންގެންދަވާ ހަރުދަނާ އިރުޝާދުތަކަށް ޝުކުރު ދަންނަވަން. މިފަދަ ކޮންމެ ދަނޑިވަޅެއްގައި ގައުމީ ވާޖިބެއް ކަމުގައި ދެކި ތިޔަ މުވައްޒަފުން ކުރައްވަމުން ގެންދަވާ ބުރަ މަސައްކަތްތަކަށް ފަހުރުވެރިކަމާއި އެކު ސާބަހާއި ޝުކުރު ދަންނަވަން،" އެކްސް ގައި ކުރެއްވި ޕޯސްޓެއް ގައި ފަހުމީ ވިދާޅުވި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.