އެމްޑީޕީން ޕްރައިމަރީން ބަލިވި ކެންޑިޑޭޓްގެ ތާއީދު ޕީއެންސީ ކެންޑިޑޭޓަށް

އާތިފް އަކީ ހދ އަތޮޅު ކައުންސިލްގެ ރައީސްކަމާއި ނައިބު ރައީސްކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ. އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި ކުޅުދުއްފުށީ ޕޯޓް ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމު ވެސް ފުރުއްވި އެވެ.

އާތިފް (ވ) އަދި ފަރުހަތު: އާތިފްގެ ތާއީދު އޮތީ ފަރުހަތަށް ކަން ވަނީ ހާމަކޮށްފައި --

ކުޅުދުއްފުށީ ދެކުނު ދާއިރާ އަށް އެމްޑީޕީގެ ޓިކެޓް ގައި ވާދަކުރަން އެ ޕާޓީގެ ޕްރައިމަރީ ގައި ވާދަކޮށް ނާކާމިޔާބުވި އަހުމަދު އާތިފް، ޕީއެންސީގެ ކެންޑިޑޭޓް ފަރުހަތު މުހައްމަދު (ފަރޭ) އަށް ތާއީދު ކުރަން ނިންމައިފި އެވެ.

ރައީސް ސޯލިހްގެ ސަރުކާރު ގައި ޓޫރިޒަމް މިނިސްޓްރީގެ ނާއިބުގެ މަގާމު ފުރުއްވި އާތިފް ވަނީ އިންތިހާބު ގައި އޭނާގެ ތާއީދު އޮތީ ފަރުހަތަށް ކަން ހާމަކޮށްފައެވެ. 

އާތިފް އަކީ ހދ އަތޮޅު ކައުންސިލްގެ ރައީސްކަމާއި ނައިބު ރައީސްކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ. އެމްޑީޕީގެ ފުރަތަމަ  ވެރިކަމުގައި ކުޅުދުއްފުށީ ޕޯޓް ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމު ވެސް ފުރުއްވި އެވެ.

އެ ދާއިރާއަށް ދެން ވާދަކުރަނީ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދެވެ. އަލީ ވަހީދު ވާދަ ކުރަނީ އެމްޑީޕީގެ ޓިކެޓް ގައެވެ. އާތިފްއާ ވާދަ ކޮށް ޓިކެޓް ކަށަވަރު ކުރީ އަލީ ވަހީދެވެ. ނަމަވެސް ކުރީން ކުރެވުނު ޖިންސީ ގޯނާގެ ތުހުމަތުގެ މައްސަލައާ ގުޅިގެން ހިންގި ތަހުގީގަށް ނެގި ބައެއް ބަޔާންތައް ލީކުވެ އަލީގެ ކެމްޕެއިނަށް ވަނީ ވަރަށް ބޮޑަށް ހިޔަނި އެޅިފައެވެ. 

ކުޅުދުއްފުށީ ދެކުނު ދާއިރާ އަށް އެމްޑީޕީގެ ޓިކެޓް ގައި ވާދަކުރަން އެ ޕާޓީގެ ޕްރައިމަރީ ގައި ވާދަކޮށް ނާކާމިޔާބުވި އަހުމަދު އާތިފް، ޕީއެންސީގެ ކެންޑިޑޭޓް ފަރުހަތު މުހައްމަދު (ފަރޭ) އަށް ތާއީދު ކުރަން ނިންމިއިރު އިންތިހާބު ގައި އަމިއްލަ ގޮތުން ވާދަކުރާ އައިމަން މުހައްމަދު ވެސް ވަނީ ފަރުހަތަށް ތާއީދު ކުރަން ނިންމާފައެވެ.

އައިމަންއާ ފަރުހަތަކީ އެއްބަނޑު އެއްބަފާ ދެ މީހުންނެވެ. ޕީއެންސީގެ ޓިކެޓް ހޯދުމަށް ދެ މީހުން ވެސް ޕާޓީގެ ޕްރައިމަރީގައި ވާދަ ކުރި އެވެ. އައިމަން ބަލިވީ ހަތް ވޯޓުންނެވެ.

ނަމަވެސް އައިމަން ނިންމީ އަމިއްލަ ގޮތުން އިންތިހާބުގައި ވާދަ ކުރާށެވެ. ސަރުކާރުގެ ނުފޫޒު ގަދަ ބޭފުޅުން އައިމަން އަށް ތާއީދު ވެސް ކުރި އެވެ. މިނިސްޓަރުން ވެސް އައިމަންގެ ކެމްޕެއިނަށް ވަޑައިގަތެވެ.

ކުޅުދުއްފުށި ސިޓީގައި ޒުވާނުންގެ މެދުގައި ވަރަށް މަގުބޫލު އައިމަން، އިންތިހާބު ގައި ފަހަތަށް ޖެހޭކަން ހާމަ ކޮށްފައި ވަނީ ދެ ކެންޑިޑޭޓުން ވާދަކޮށް އެއްވެސް ދާއިރާއެއްގެ ގޮނޑި ގެއްލެން ފުރުސަތު ނުދިނުމަށް ޕީއެންސީގެ ރައީސް އަދި ކޯލިޝަން ލީޑަރު، ރައީސް ޑރ. މުހައްމަދު މުއިއްޒު ގޮވާލެއްވުމުންނެވެ. އައިމަން ވިދާޅުވީ ސަރުކާރަށް ގޮނޑި ކަށަވަރު ކުރުމަށް އިންތިހާބު ގައި ފަހަތަށް ޖެހި ފަރުހަތަށް ތާއީދު ކުރަން ނިންމާފައިވާ ކަމަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.