ލައިސަންސް ހިދުމަތުގެ ފީ ކައުންސިލަށް ލިބޭ ގޮތް ހަދައިފި

ވަޒީރު ވިދާޅުވީ ކައުންސިލްތަކަށް އާމްދަނީ ލިބޭ ގޮތްތަކެއް ފަހިކޮށް ކައުންސިލްތައް ބާރުވެރި ކުރުވުމަކީ ރައީސް މުއިއްޒުގެ ތަސައްވުރެއް ކަމަށެވެ.

މިއަދު ބޭއްވި ބައްދަލްވުމު ގައި މިނިސްޓަރު އަމީން ވާހަކަ ދައްކަވަނީ -- ދަ މިރާ

ލައިސަންސް ދޫކުރުމުގެ ހިދުމަތުން ނަގާ އިދާރީ ފީ ކައުންސިލްތަކަށް ލިބޭ ގޮތަށް ހަމަޖައްސައިފި އެވެ.

މިއަދު އޮތް ބައްދަލްވުމެއް ގައި ދަތުރުފަތުރާއި މަދަނީ އުދުންތަކާ ބެހޭ ވުޒާރާ ވަޒީރު، މުހައްމަދު އަމީން ވިދާޅުވީ ލައިސަންސް ދޫކުރުމުގެ ހިދުމަތް ކައުންސިލުން ތަކުން ދޭން ނިންމިއިރު އެކަމުގެ އެއްވެސް މަންފާއެއް ކައުންސިލްތަކަށް ނުލިބޭ ކަމަށެވެ. އެއީ ކައުންސިލްތަކުގެ ކަންބޮޑުވުމެއް ކަމަށް ވެސް ވިދާޅުވި އެވެ.

ވަޒީރު ވިދާޅުވީ ކައުންސިލްތަކަށް އާމްދަނީ ލިބޭ ގޮތްތަކެއް ފަހިކޮށް ކައުންސިލްތައް ބާރުވެރި ކުރުވުމަކީ ރައީސް މުއިއްޒުގެ ތަސައްވުރެއް ކަމަށެވެ. އެހެން ކަމުން ލައިސަންސް ދޫކުރުމުގެ ހިދުމަތުން ނަގާ އިދާރީ ފީ ކައުންސިލްތަކަށް ލިބޭ ގޮތަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވާ ކަމަށެވެ.

ރައީސްގެ އެ ނިންމެވުމަށް އަންނަ މަހުން ފެށިގެން އަމަލު ކުރަން ފަށާނެ ކަމަށް ވެސް ވަޒީރު ވިދާޅުވި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.