އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުން ރައީސުލްޖުމްހޫރިއްޔާ އަށް ލިބިދޭ ބާރުގެ ދަށުން އއ ވެލިދޫދިއްގާ ފަޅަކީ އެ އަތޮޅު ބޮޑުފުޅަދޫ ބައެއް ކަމުގައި ކަނޑައަޅާ ކަމަށެވެ.
ވެލިދޫދިއްގާ ފަޅަކީ ބޮޑުފުޅަދޫ ބައެއް ކަމުގައި ކަނޑައަޅާ އެކަމުގެ ގަރާރު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވަނީ ނެރުއްވާފައެވެ. ރައީސް ސޮއިކުރައްވާ ނެރުއްވި ގަރާރު ގައި ވަނީ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން އޮކްޓޫބަރު 14، 2010 ގައި ސަރުކާރުގެ ގެޒެޓް ގައި ޝާއިއުކޮށްފައިވާ ރައީސުލްޖުމްހޫރިއްޔާގެ ގަރާރަށް އިސްލާހު ގެންނަވާ ކަމަށެވެ.
އަދި އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުން ރައީސުލްޖުމްހޫރިއްޔާ އަށް ލިބިދޭ ބާރުގެ ދަށުން އއ ވެލިދޫދިއްގާ ފަޅަކީ އެ އަތޮޅު ބޮޑުފުޅަދޫ ބައެއް ކަމުގައި ކަނޑައަޅާ ކަމަށެވެ.