މައްސަލަތައް ލަސްވާނަމަ ކޯޓަށް ހުށައެޅުމުގެ ހައްގު އޮންނާނެ، އެކަން ނުކުރާތީ ކަންބޮޑުވޭ: ކޮންގްރެސް

"މި ސަރުކާރަކީ އެއްގޮތަކަށް ވެސް ޖުޑީޝަރީއަށް އަތް ބާނާނެ ސަރުކާރެއް ނޫން. ރައީސުލްޖުމްހޫރިއްޔާ އެ ގޮތަކަށް އަމަލެއް ނުކުރައްވާނެ،"

ކޮންގްރެސް ޕާޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސަރުކާރު ކޯލިޝަނުގެ ތަރުޖަމާނު ހީނާ މައުލޫމާތު ދެއްވަނީ -- ފޮޓޯ: ދަ މިރާ

ކޯޓްތަކުގައި ހިންގަމުންދާ މައްސަލަތައް ކުރިއަށް ނުގޮސް ލަސްވާނަމަ އެކަމުގެ ޝަކުވާތައް ކޯޓަށް ހުށައެޅުމުގެ ފުރުސަތު އެ މައްސަލަ ރައްދުވާ ފަރާތަކަށާ ގާނޫނީ ޓީމަށް ލިބިގެންވާ ކަމަށާ އެކަން ނުކުރާނަމަ އެއީ ކަންބޮޑުވުމެއް ކަމަށް ސަރުކާރު ހިންގާ ކޯލިޝަނުން މިއަދު ބުނެފި އެވެ.

ކޮންގްރެސް ޕާޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސަރުކާރު ކޯލިޝަނުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަކީ ޝަރުއީ ނިޒާމަށް ނުފޫޒު ފޯރުވާނެ ބޭފުޅެއް ނޫން ކަމަށެވެ. އެމަނިކުފާނު އެދިވަޑައިގަންނަވަނީ ކޯޓްތަކުގެ ތެރެއިން ކަންކަން އަވަސް ވެގެން ދިއުމަށް ކަމަށާ އެއްވެސް ބޭފުޅަކާ ގުޅުން ހުރި މައްސަލައެއް އަވަސް ކުރުމަށް ނުވަތަ ލަސް ކުރުމަށް ހުށައަޅުއްވާފައި ނުވާނެ ކަމަށެވެ. އެފަދަ ކަމެއް ކުރިއަށް އޮތްތާ ވެސް ނުކުރައްވާނެ ކަމަށެވެ.

ހީނާ ވިދާޅުވީ ކޯޓްތަކުގައި ހިންގަމުންދާ މައްސަލަތައް ކުރިއަށް ނުގޮސް ލަސްވާނަމަ އެކަމުގެ ޝަކުވާތައް ކޯޓަށް ހުށައެޅުމުގެ ފުރުސަތު އެ މައްސަލަ ރައްދުވާ ފަރާތަކަށާ ގާނޫނީ ޓީމަށް ލިބިގެންވާ ކަމަށާ އެކަން ނުކުރާނަމަ އެއީ ކަންބޮޑުވުމެއް ކަމަށެވެ.

"މި ސަރުކާރަކީ އެއްގޮތަކަށް ވެސް ޖުޑީޝަރީއަށް އަތް ބާނާނެ ސަރުކާރެއް ނޫން. ރައީސުލްޖުމްހޫރިއްޔާ އެ ގޮތަކަށް އަމަލެއް ނުކުރައްވާނެ،"

ހީނާ މިހެން ވިދާޅުވިއިރު ރައީސް ޔާމީންގެ އިސްތިއުނާފު މައްސަލަ ނިމި ހުކުމް ކުުރުމުގެ މަޖިލީސް ތާވަލު ނުކުރެވި ހަތަރު މަހަށް ވުރެ ގިނަ ދުވަސް ވަނީ ހޭދަ ވެފައެވެ. އެއީ ސީދާ ސަރުކާރުގެ ނުފޫޒު ގައި ހިފެހެއްޓިފައި އޮތް މައްސަލަ އެއް ކަމަށް ޔާމީންގެ ވަކީލުން ދެކެވަޑައިގަންނަވަ އެވެ.

ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވީ ވެރިކަމުގެ ފުރަތަމަ ދުވަހު ރައީސް ޔާމީން މިނިވަން ކުރެއްވުމުގެ ވައުދުފުޅާ އެކު އެވެ. ނަމަވެސް ފަހުން އެ މައުލޫގައި ވާހަކަ ދައްކަން އެމަނިކުފާނު ވެސް ސަރުކާރުގެ ވެރީން ވެސް އަދި ދެ ޕާޓީގެ އިސްވެރީން ވެސް ފަސް ޖެހެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.