އެންޓި ކެމްޕެއިންގެ އަމަލުތައް ދަނީ ފެންނަމުން، ގާނޫނީ ފިޔަވަޅު އަޅާނަން: އިލެކްޝަންސް

އިލެކްޝަންސް ކޮމިޝަނުން ވަނީ އެފަދަ އެއްވެސް ކަމެއް ނުކުރުމަށާއި އިންތިހާބުތަކާ ބެހޭ އާންމު ގަވާއިދުގައިވާ ސުލީކީ މިންގަނަށް ތަބާވުމަށް ހުރިހާ ކެންޑިޑޭޓުންނަށް އިލްތިމާސް ކޮށްފައެވެ.

ކެމްޕެއިނަށް ސޯޝަން މަގުގައި ދަމާފައިވާ ބެނާތަކެއް -- ފޮޓޯ: ޔާމިން މުހައްމަދު |ދަ މިރާ

މަޖިލީސް އިންތިހާބުގެ ކެމްޕެއިން ތެރެއިން އެންޓި ކެމްޕެއިންގެ އަމަލުތައް ދަނީ ފެންނަމުން ކަމަށާ އެފަދަ އަމަލުތައް ހިންގާނަމަ ގާނޫނީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު އިލެކްޝަންސް ކޮމިޝަނުން މިއަދު ދީފި އެވެ.

އެންޓި ކެމްޕެެއިން ކުރުމާއި ދައުލަތުގެ ވަސީލަތްތައް ބޭނުން ކުރުމާއި ޕާޓީތަކުގެ މެޖޯރިޓީ އޮންނަ ކައުންސިލުތަކުން ޕާޓީތަކުގެ ކެމްޕެއިނަށް ވަސީލަތްތައް ބޭނުން ކުރާ ކަމުގެ ތުހުމަތު ޕާޓީތަކުން ކުރަމުންދާ ދަނޑިވަޅު ގައި އިލެކްޝަންސް ކޮމިޝަނުން ނެރުނު ނޫސްބަޔާނެއް ގައި ބުނެގައި ވަނީ ތާއީދު ހޯދުމަށް ކުރާ މަސައްކަތު ގައި އެހެން ކެންޑިޑޭޓެއްގެ އިންތިހާބީ ހައްގަކަށް އުނިކަން އަންނަ އެއްވެސް ކަމެއް ކުރުމަކީ އަދި އެހެން ކެންޑިޑޭޓަކާ ބެހޭ ގޮތުން އެއްވެސް ދޮގެއް ފަތުރައިގެން ނުވާނެ ކަމަށް ގާނޫނުގައި ބަޔާން ކޮށްފައިވާ ކަމަށެވެ.

"އެހެން ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ގައި ކެންޑިޑޭޓުންނަށް ތާއީދު ހޯދުމަށް ކުރާ މަސައްކަތު ގައި އެންޓި ކެމްޕެއިންގެ އަމަލުތައް ފެންނަމުންދާ ކަން މި ކޮމިޝަނަށް ވަނީ ފާހަގަ ކުރެވިފައެވެ،"

އެގޮތުން ތާއީދު ހޯދުމަށް ބޭނުން ކުރާ ޕޯސްޓަރުތަކާއި ބެނާތަކުގައި ކެންޑިޑޭޓުންގެ އިންތިހާބީ ހައްގަށް އުނިކަން ލިބޭ ގޮތަށް މެސެޖުތައް ދައުރު ކުރަމުންދާކަން ފާހަގަ ކުރެވިފައިވާ ކަމަށް ބުންޏެވެ.

އިލެކްޝަންސް ކޮމިޝަނުން ވަނީ އެފަދަ އެއްވެސް ކަމެއް ނުކުރުމަށާއި އިންތިހާބުތަކާ ބެހޭ އާންމު ގަވާއިދުގައިވާ ސުލީކީ މިންގަނަށް ތަބާވުމަށް ހުރިހާ ކެންޑިޑޭޓުންނަށް އިލްތިމާސް ކޮށްފައެވެ. އަދި މިފަދަ އަމަލުތައް ކުރާ ނަމަ ގާނޫނީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ވެސް ދީފައިވެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.