ވެހިކަލް މަދުކުރުމަށް ބޮޑު ޕްލޭނެއް ؛ އާއްމުންގެ އުޅަނދު ފަހަރު ގަންނާނެ

ޓްރާންސްޕޯޓް މިނިސްޓަރު އަމީން ވިދާޅުވީ ތިން އަހަރުތެރޭ މާލޭގެ ވެހިކަލްގެ މައްސަލަ ހައްލު ވެގެންދާނެ ކަަމަށެވެ. މިކަން ކުރާނީ ތިން ފިޔަވައްސަކަަށް ބަހާލައިގެންނެވެ.

ހުޅުމާލެ މަގުތަކުގައި ހުރި ބާވެ ހަލާކުވެފައިވާ ވެހިކަލްތައް ނެގުމުގެ މަސައްކަތް ކުރަނީ -- ފައިލް ފޮޓޯ
  •  ތިން އަހަރުތެރޭ މައްސަލަ ހައްލު ކުރުމަށް ފިޔަވަަޅު އަޅާނެ

ވެހިކަލް ދުމުން ކޮށި އަހަރުން ދާ މާލެއަށް ދާއިމީ ހައްލެއް ބޭނުންވެ އެވެ. ވެހިކަލް މަދުކުރަން ޖެހެ އެވެ. ޕާކިން ޖާގަ ހޯދަން ޖެހެ އެވެ. އެކަމަކު އެކަން ކުރާނީ ކިހިނެއް ހެއްޔެވެ؟ ފުރަތަމަ އަޅާނީ ކޮން ފިޔަވަޅެއް ހެއްޔެވެ؟ 

މާލޭގެ ވެހިކަލް މަދުކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މި ސަރުކާރުން ގެންގުޅޭ ޕްލޭންގެ ބައެއް މައުލޫމާތު މީޑިއާއަށް ހިއްސާ ކުރައްވަމުން ދަތުރުފަތުރާ ބެހޭ ވުޒާރާގެ މިނިސްޓަރު މުހައްމަދު އަމީން މިއަދު ވިދާޅުވީ މާލެއަކީ މީހުން ދިރިއުޅުން ހިތްފަސޭހަ ތަނަކަށް ހެދުމުގެ ގޮތުން އުޅަނދުތައް މަދު ކުރުމާއި ޕާކު ކުރަން ހަދާފައިވާ ޕްލޭން ނިންމައި ކެބިނެޓަށް ހުށަޙަޅަން ތައްޔާރުވެފައިވާ ކަމަށެވެ. 

މި ޕްލޭންގައި ޕާކު ކުރުމާއި ވެހިކަލް ލިމިޓް ކުރުމުގެ އިތުރުން ވެހިކަލް މަދު ކުރަން އަޅާނެ ފިޔަވަޅުތައް ވެސް ސާފުކޮށް އޮންނާނެ ކަމަށެވެ. މި ޕްލޭން ކުރިއަށް ގެންދާނީ ތިން ފިޔަވައްސަކަށް ބަހާލައިގެން ކަމަށެވެ. 

އަންދާޒާއެއް އަހަރު 500 މިލިއަން

ޓްރާސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން

މިގޮތުން ވެހިކަލް ލިމިޓް ކުރުމަށް އަޅާ ފިޔަވަޅުތަކުގެ އިތުރުން ހުރި ވެހިކަލްތައް ސަރުކާރު ކުންފުންޏަކަަށް ނަމަވެސް ގަނެ އެ ނައްތައިލެވޭނެ އުސޫލެއް ހެދުމަކީ ވެސް ކުރެވިދާނެ ކަމެއް ކަމަށެވެ. މިގޮތުން މިހާތަނަށް ހެދުނު ދިރާސާތަކުން ދެއްކި ގޮތުގައި އާއްމުންގެ ގިނަ ބަޔަކު އެމީހުންގެ އުޅަނދުތައް ސަރުކާރަށް ވިއްކަން ތައްޔާރަށް ތިބި ކަމަށެވެ. 

މިގޮތުން މި ކަމަށް އަހަރެއްގެ މައްޗަށް 500 މިލިއަން ރުފިޔާ ހަރަދު ކޮށްގެން އަހަރަކު 10،000 އުޅަނދު ނެގިއްޖެނަމަ ތިން އަހަރުތެރޭ މާލެ ސަރަހައްދުގެ ވެހިކަލްގެ މައްސަލައަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. 

"އެގްޒިސްޓިން ވެހިކަލްތައް ނެގުމުގެ އިތުރަށް މާލެ ކޮމާޝަލް ހާބަރު މާލޭން ބަދަލު ކުރުން ފަދަ މާލެއަށް ލުއި ވާނެ ޕްލޭންތައް ސަރުކާރުން ގެންގުޅުއްވާ. އެހެންވެ މި ހުރިހާކަމެއް ވަަށައި ޖެހިގެންދާއިރު މާލެއަކީ މީހުންނަށް ދިރިއުޅުން ރަނގަޅު ސިޓީއަކަށް ވެގެންދާނެ،" އަމީން ވިދާޅުވި އެވެ. 

މަހެއްގެތެރޭ ޕްލޭން ކެބިނެޓަށް ހުށަހަޅާނެ

މިނިސްޓަރު އަމީން ވިދާޅުވީ މާލެއާއި ހުޅުމާލޭގައި އިންސާނުންނަށް ނޫޅެވޭ ވަަރަށް އުޅަނދު ފަހަރު ގިނަވެގެން ގޮސްފައިވާ ކަމަށާ ފުރަތަމަ ކުރަން ޖެހެނީ އެކަން ކަމަށެވެ. އެކަން ކުރަން މަހެއްހާ ދުވަހުގެ ތެރޭގައި ހަދާފައިވާ ޕްލޭން ކެބިނެޓަށް ގެންދާނެ ކަމަށެވެ. 

މިނިސްޓަރު ވިދާޅުވީ ގާނޫނުގައި އޮތް ގޮތަށް ވެހިކަލް ރަޖިސްޓްރީ ކުރަމުން ދިޔަނަމަ މާލެ ސަރަހައްދުގައި އެއްގަމު އުޅަނދުގެ މައްސަލަ މި ވަރަށް ގޯސްވެގެން ނުދާނެ ކަމަށެވެ. ނަމަވެސް ސަރުކާރު ބަދަލުވުމާ ހަމައަށް ޕްރެޝަރު ބޮޑުވެގެން ގޮސްފައި ވަނީ އުސޫލުން ބޭރަށް އުޅަނދު ރަޖިސްޓްރީ ކުރާ ބައެއްގެ ސަބަބުންނެވެ. 

"ރަށުތެރޭގައި ދައްކަމުން ދިޔަ ވާހަކަ އެއް ގާނޫނުގައި އޮތް ގޮތަކަށް ނޫންކަން މިކަން ކުރަމުން މިޔައީ. އެހެންވެ ފުރަތަމަ ކަމަކަށް އަޅުގަނޑުމެން އެޅި މި ފިޔަވަޅަކީ ގާނޫނުގައި އޮތްގޮތަށް ވެހިކަލް ރަޖިސްޓްރީ ކުރަން ފެށީ. މީގެ ސަބަބުން ޝަކުވާތައް އަންނަން ފެށީ،" އަމީން ވިދާޅުވި އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.