ކޮރަޕްޝަނާ ގުޅޭ ސައިންޓިފިކް ދިރާސާއެއް ކޮށްދޭނެ ބަޔަކު ހޯދަނީ

މި ދިރާސާ މެދުވެރިކޮށް، ކޮރަޕްޝަނަށް މަގުފަހި ކުރާ އަހުލާގީ ސަބަބުތައް ދެނެގަތުމާއި އެމީހުން މޯޓިވް ސައިންސްގެ އަލީގައި ދެނެގަންނާނެ އެވެ.

އޭސީސީ :ކޮރަޕްޝަނާ ގުޅޭ ސައިންޓިފިކް ދިރާސާއެއް ކޮށްދޭނެ ފަރާތެއް ހޯދަން ވަނީ އިއުލާނެއް ކޮށްފައި --

ރާއްޖޭގައި ކޮރަޕްޝަނަށް މަގުފަހިވާ އަމަލުތައް ހިންގާ ސަބަބުތައް ދެނެގަތުމަށް ސައިންޓިފިކް ދިރާސާއެއް ކޮށްދޭނެ ބަޔަކު ހޯދަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އިއުލާނެއް ކޮށްފި އެވެ.

މި އިއުލާނާއެކު އޭސީސީ އިން އާންމުކޮށްފައިވާ ޓާމް ޝީޓުގައި ބަޔާންކޮށްފައި ވަނީ މިފަދަ ދިރާސާއެއް ހެދުމަކީ އެ ކޮމިޝަންގެ ފަސް އަހަރުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭނުގައި ލާޒިމްކޮށްފައިވާ ކަމެއް ކަމަށެވެ.

ރާއްޖޭގައި ކޮރަޕްޝަން ހިންގާ މިންވަރު އަންދާޒާ ކުރަން ސައިންސް މެދުވެރިކޮށް ހަދާ މި ދިރާސާއަކީ ރާއްޖޭގައި ހަދާ މިފަދަ ފުރަތަމަ ދިރާސާ އެވެ. މި ދިރާސާ މެދުވެރިކޮށް، ކޮރަޕްޝަނަށް މަގުފަހި ކުރާ އަހުލާގީ ސަބަބުތައް ދެނެގަތުމާއި އެމީހުން މޯޓިވް ސައިންސްގެ އަލީގައި ދެނެގަންނާނެ އެވެ.

އޭސީސީ އިން ހިންގާ ހޭލުންތެރިކުރުމުގެ ޕްރޮގްރާމުތަކާއި އެހެނިހެން ވެސް ޕްރޮގްރާމުތައް މި ދިރާސާއިން ނުކުންނަ ނަތީޖާއަށް ބަލައި ފަރުމާކުރެވިގެންދާނެ ކަމަށް ވެސް ބަޔާންކޮށްފައިވެ އެވެ.

އޭސީސީގެ އިއުލާނުގައިވާ ގޮތުން، މި ސައިންޓިފިކް ދިރާސާއަށް ޝައުގުވެރިވާ ފަރާތްތަކުން މިމަހުގެ 29 ވަނަ ދުވަހުގެ 10:00 އަށް ކޮމިޝަނަށް އައިސް ޕްރޮޕޯސަލް ހުށަހެޅުމަށް ވަނީ ހުޅުވާލައިފަ އެވެ.

މި ދިރާސާ ކުރާނީ ކޮމިޝަނުން ކަނޑައަޅާ ރިސާޗް ޓީމަކާއެކު އެވެ. ދިރާސާ ހިންގަން ކަނޑައަޅާފައި ވަނީ ދެ މަހުގެ މުއްދަތެކެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.