ޓްރައިބިއުނަލްގެ މެންބަރުކަމާ ރައީސާއި ނައިބު ކަމަށް ބޭފުޅުން ލައިފި

ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ މެންބަރުކަމުގެ ހުވައިލާދެއްވީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ރަޝީދު ހުސައިނެވެ.

ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ މެންބަރުކަމާއި ރައީސާއި ނައިބު ރައީސްކަމުގެ މަގާމަށް، ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ބޭފުޅުން އައްޔަންކުރައްވައިފި އެވެ.

އެ ބޭފުޅުން މަގާމަށް އައްޔަން ކުރެއްވީ މިއަދު މެންދުރުފަހު ރައީސް އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގަ އެވެ.

ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެންބަރުކަމަށާއި ރައީސްކަމުގެ މަގާމަށް އައްޔަން ކުރެއްވީ ޏ. ފުވައްމުލަކު ދަޑިމަގު. ގްލޯރީގެ އިސްހާގު ހުސައިނެވެ. ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެންބަރުކަމަށާއި ނައިބު ރައީސް ކަމަށް، އައްޔަން ކުރައްވާފައި ވަނީ ޅ. ހިންނަވަރު، ހިޔާވަހި، ފާތުމަތު މަހީރާ މުހައްމަދެވެ. 

އެ ރަސްމިއްޔާތުގައި ވަނީ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެންބަރުކަމަށް، ހުޅުމާލެ ހިޔާ 04-21-8 ޝަހީމާ ސަލީމާއި ގއ. ގެމަނަފުށި، ފެހިކުރި، އިޝާރާ އަބްދުލްއަޒީޒު އަދި ދަފްތަރު. ނަންބަރު ދރ 265 ސައުސަން އަލީ އައްޔަން ކުރައްވާފައި ވެއެވެ.

ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެންބަރުކަމުގެ ހުވައިލާދެއްވީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ރަޝީދު ހުސައިނެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.