މުޅި ރާއްޖެއިން ބޮޑު ބަޔަކަށް ވައިޓް އެލާޓު ނެރެފައިވާއިރު މިއަދު އިރު އޮއްސި 6:00 އާ ހަމައަށް ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކޮށް ވާރޭ ވެހޭނެ އެވެ.
މޫސުން ގޯސްވެ ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން އެލާޓް ނެރެފި އެވެ. އެ އިދާރާއިން ނެރެފައި ވަނީ ވައިޓް އެލާޓެކެވެ.
އެ ގޮތުން މިއަދު ހެނދުނު 11:30 އިން ފެށިގެން ހަވީރު 4:30 އާ ހަމައަށް ވަނީ ހއ. އަތޮޅުން ފެށިގެން ލ. އަތޮޅާއި ހަމައަށް ވައިޓް އެލާޓް އިޝޫކޮށްފަ އެވެ.
އެ ދެމެދުގެ އަތޮޅުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާ ކޮށްފައި ވެއެވެ.
މުޅި ރާއްޖެއިން ބޮޑު ބަޔަކަށް ވައިޓް އެލާޓު ނެރެފައިވާއިރު މިއަދު އިރު އޮއްސި 6:00 އާ ހަމައަށް ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކޮށް ވާރޭ ވެހޭނެ އެވެ. އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށް މޫސުމާބެހޭ އިދާރާއިން ލަފާ ކޮށްފައި ވެއެވެ.