ހުޅުމާލޭގައި ދެ މިސްކިތެއް އަޅަން ބިން ހަވާލު ކޮށްފި

ދާދި ފަހުން ވަނީ ހުޅުމާލެ ހިޔާ އަވަށުގައި މިސްކިތެެއް ބިނާ ކުރަން އަމިއްލަ ފަރާތަކަށް ވެސް ދީފަ އެވެ.

ދެ މިސްކިތް އަޅަން ބިން ހަވާލު ކުރުމުގެ އެއްބަސްވުމުގައި ސޮއި ކުރުމަށްފަހު ދައްކާލަނީ -- އެޗްޑީސީގެ ފޮޓޯއެއް

ހުޅުމާލޭގައި ދެ މިސްކިތެއް ތަރައްގީ ކުރަން އެޗްޑީސީން މިއަދު އިސްލާމިކް މިނިސްޓްރީއާ ބިން ހަވާލު ކޮށްފި އެވެ. 

ދެ މިސްކިތް އަޅަން ބިން ހަވާލުކޮށް އެއްބަސްވުމެއްގައި ސޮއި ކުރި ރަސްމިއްޔާތުގައި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދު ބައިވެރިވެ ވަޑައިގަތެވެ. 

މިއީ ހުޅުމާލޭގެ ހިޔާ އަވަށް / ފޭސް ދޭއްގައި ބިނާކުރާ މިސްކަތަކާއި، ހުޅުމާލޭ ފޭސް ތިނެއްގައި ބިނާ ކުރާ މިސްކިތެކެވެ.

މިސްކިތް ބިނާ ކުރުމަށް ހުޅުމާލޭ ދެވަނަ ފިޔަވަހިން ދޫކޮށްފައި ވަނީ 27،920 އަކަފޫޓުގެ ބިމެކެވެ. އަދި ހުޅުމާލޭ ތިން ވަނަ ފިޔަވަހިން ދޫކޮށްފައި ވަނީ 21،952 އަކަފޫޓޫގެ ބިމެކެވެ.

ދާދި ފަހުން ވަނީ ހުޅުމާލެ ހިޔާ އަވަށުގައި މިސްކިތެެއް ބިނާ ކުރަން އަމިއްލަ ފަރާތަކަށް ވެސް ދީފަ އެވެ. އަދި އޭގެ ކުރީން ހިޔާ އަވަށް / ފޭސް ދޭއްގައި ބިނާ ކުރާ ދާއިމީ މިސްކިތްތަކުގެ ފުރަތަމަ މިސްކިތް ވަނީ ހުޅުވާފަ އެވެ. އެއީ 1500 މީހުންގެ ޖާގައިގެ މިސްކިތެކެވެ. 

ހުޅުމާލޭގައި ދިރިއުޅޭ އާބާދީއަށް ބޭނުންވާ ހިދުމަތްތަކާއި ވަސީލަތްތައް ފުރިހަމަ ކޮށްދިނުމަށް އެޗްޑީސީން  މަސައްކަތް ކުރެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.