މެރިން ޑައިވިން އެވޯޑުގެ ދެ ކެޓަގަރީއަކުން ރާއްޖެއަށް ކާމިޔާބީ ލިބިއްޖެ

މެރިން ޑައިވިން ފެއާ އަކީ ޖަޕާނުގައި ޑައިވިން ދާއިރާގައި 50 އަހަރަށްވުރެ ގިނަދުވަސްވީ، އެގައުމުގެ އެންމެ ބޮޑު ކޮމްޕްރެހެންސިވް ޑައިވިން ހަރަކާތެވެ.

ޖަޕާނުގެ މެރިން ޑައިވިން އެވޯޑުގައި ލިބުނު ކާމިޔާބީ ދައްކާލަނީ -- ފޮޓޯ: އެމްއެމްޕީއާރުސީ

އޭޝިއާ ބައްރުގެ އެންމެ ދުވަސްވީ އަދި ބޮޑު ސްކޫބާ ޑައިވިން އެގްޒިބިޝަން ކަމަށްވާ "މެރިން ޑައިވިން އެވޯޑު" ގައި ދެ ކެޓަގަރީއަކުން ރާއްޖެއަށް ކާމިޔާބީ ލިބިއްޖެ އެވެ.

ރާއްޖެ އިސްތިހާރު ކުރާ ސަރުކާރު ކުންފުނި (އެމްއެމްޕީއާރުސީ) އިން ބުނި ގޮތުގައި މެރިން ޑައިވިން އެވޯޑްގައި ރާއްޖެއަށް ލިބިފައި ވަނީ "ބެސްޓު އޭރިއާ އޯވާސީސް ޑިވިޝަން" އިން ތިން ވަނަ އެވެ. އަދި، "ބެސްޓު އޯވާސީސް ޑެސްޓިނޭޝަން އައި ވޯންޓް ޓު ވިޒިޓް ފޯ ފަސްޓް ޓައިމް" އިން ދެ ވަނަ އެވެ.

މެރިން ޑައިވިން އެވޯޑް ކަނޑައަޅަނީ މުޅި ޖަޕާނުގެ ޑައިވަރުންގެ މެދުގައި، ހަމަސް ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދާ އޮންލައިން ވޯޓަކުންނެވެ. 

ޖަޕާނަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ މާކެޓުގައި 15 ވަނައަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރާ ގައުމެވެ. މި އަހަރުގެ މިހާތަނަށް އެގައުމުން 9333 ފަތުރުވެރިން ރާއްޖެ އައިސްފައިވެ އެވެ.

ރާއްޖެއަކީ މުޅި ދުނިޔޭގެ މުރަކަފަރުތަކުގެ ފަސް ޕަސެންޓް ހިއްސާކުރާ ގައުމެކެވެ. ދިވެހި ކަނޑުގެ ސަރަހައްދުގައި 2000 އަށްވުރެ ގިނަ ބާވަތްތަކުގެ ދިރުންތައް އުޅޭއިރު، ރާއްޖެއަކީ ދުނިޔޭގެ ނިސްބަތުން މަންތާ ރޭ އާއި ވޭލް ޝާކް ފަދަ ދިރުންތައް ކޮންމެ އަހަރަކު ބަލާލެވޭނެ މަދު ގައުމުތަކުގެ ތެރޭގައި ހިމެނޭ ގައުމެކެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.